Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރައިވެޓް ކުންފުނިތަކަށް ފައިސާ ދޫނުކުރުން

ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުލިބި، ޕްރައިވެޓް ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ދެ މަސް

ކުންފުނީގެ މަސައްކަތްތައް ވަނީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2024 | އަންގާރަ 07:58
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ސަރުކާރުން ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް، ޕްރައިވެޓް ސެކްޓަރގެ ބައެއް ކުންފުނިތަކަށް މުސާރަ ދިނުމަށް ދަތިވެއްޖެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ދެ ކުންފުންޏަކުން ރާއްޖެއެމްވީއަށް މިކަންވަނީ ކަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

އެތަނުން އެއް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ވިދާޅުވީ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ ކަމަށާއި، ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އެކުންފުންޏަށް ޖުމްލަ 10 މިލިއަން ރުފިޔާ ދޭންޖެހޭއިރު، މަހުން މަހަށް ކޮންމެވެސް އަދަދެއް ދޫކުރާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިން ނަމަވެސް ޖުލައި މަހުން ފެށިގެން ފައިސާ ދޫކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ދޫނުކުރާތީ އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ބައެއް މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި، މިހާރު ބައެއް ބޭރުގެ މަސައްކަތްތެރިން ވެސް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ. ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދެވި ވަރަށް ދަތިވެފައިވާ ކަމަށާއި، ޖޫން މަހުގެ މުސާރަ އަދި ޖުލައި މަހުގެ މުސާރަ ވެސް ނުދެވޭ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަހުން މަހަށް ޓެކްސް ދައްކަންޖެހޭކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިކަމުގައި ލުއި ގޮތެއް ސަރުކާރުން ހަމަޖައްސާދީފައިނުވާ ކަމަށާއި، މިހާރު ގިނަ ޕްރައިވެޓް ކުންފުނިތަކަށް މިމައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް ފާޅުގައި ނުނިކުންނަނީ ބައެއް މަޝްރޫއުތައް އަތުލާފާނެ ކަމުގެ ބިރަށް ކަމަށާއި، ކުންފުނި ބަގުރޫޓް ކުރަން ބޭނުންނުވާތީ ކަމަށެވެ. އަދި މިހާރު ބައެއް ކުންފުނިތަކަށް ފަޅު ރަށްތައް ދޫކުރަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދެވި މައްސަލަ ބޮޑުވެފައިވާތީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މިމަހުގެ 7 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރުގެ އެ ބަހަށް އިތުބާރު ނެތް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕްރައިވެޓް ސެކްޓަރ ކުރިއަރުވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކު ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ފުރުސަތުތައް ހަނިކޮށް ޕްރައިވެޓް ސެކްޓަރ ހަލާކުކޮށްލުމަށް ކުރާ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު