Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑްރައިވަރުން ނިދި ޖެހުން

ޑްރައިވަރުން ނިދި ޖެހޭ މައްސަލައަށް ޗައިނާއިން ހޯދީ ހައްލެއްތަ، ނޫނީ އެއީ ޖެއްސި އިތުރު ތަކުލީފެއްތަ؟

ޗައިނާއިން ތަޖުރިބާ ކުރަމުން ދަނީ ނިންޖާ އެންމެ ދެކޮޅު ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އަލި ބޭނުން ކޮށްގެން ޑްރައިވަރުން ނިދި ޖެހޭ މައްސަލަ އަށް ހައްލު ހޯދުމަށެވެ. އެގޮތުން ޗައިނާގެ އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގައި ބޭނުން ކުރަމުންދާ ވަރުގަދަ ލޭޒަރލައިޓްތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 04:39
ޗައިނާ ޓެކްސީ ޑްރައިވަރުން

ޗައިނާ ޓެކްސީ ޑްރައިވަރުން

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ކުޑަކުދިންނާއި ޒުވާނުންގެ އާބާދީއިން ރިޕޯޓްކުރާ މަރުގެ ކޭސްތަކުގެ އެންމެ ބޮޑު ހިއްސާއަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ. މިފަދަ ގިނަ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ ނުވަތަ ދުނިޔެ ދޫކުރާ މީހާއަކީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކަށް އިޚްތިރާމް ކުރުމަށް ދެކޮޅު ހަދަމުން ދިޔަ މީހެއްގެ ޝިކާރައަކަށް އޮންނަނީ ވެފައެވެ. ދުއްވަން އޮންނަ އެންމެ ބާރު ދުވެލި ފަހަނައަޅާ ދިއުމާއި، މަސްތުގެ ހާލުގައި ދުއްވުން ފަދަ ކަންކަމަކީ، މަގުމަތީގެ އެކްސިޑެންޓްތަކުގެ އެންމެ ބޮޑު ހިއްސާއެވެ. ދުއްވަން އިންނަ ވަގުތު ނިދިޖެހުމަކީވެސް އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބެކެވެ. އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިފަދަ ކިތަންމެ ހާދިޘާއެއް ހިނގާފައި އެބަހުއްޓެވެ. އެތައް ބަޔަކު ފަހު ނޭވާ ދޫކޮށްދާން މަޖުބޫރު ކުރުވާފައި އެބަ ހުއްޓެވެ. އެތައް ބަޔަކު ނުކުޅެދޭ މީހުންނަށް ހަދައިފިއެވެ.

ދުއްވަމުން ދާ ވަގުތު ނިދިޖެހުމަށް މެދުވެރިވެދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. މި ކަންކަން ހައްލެއް ހޯދުމަށްޓަކައި، ޗައިނާއިން މިހާރު ވަނީ އާ އުކުޅެއް ތަޖުރިބާ ކުރަން ފަށާފައެވެ. ނިދި ޖެހިގެން ހިނގާ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައި ހުންނަނީ ރޭގަނޑު، ވަކިން ޚާއްޞަކޮށް ދަންވަރާއި ފަތިހުގެ ވަގުތުތަކުގައެވެ. އެއި އިންސާނީ ޠަބިއްޔަތުގެ ހުންނަ ގޮތުން، ނިދަން ހަމަޖެހިފައިވާ ގަޑިވެސްމެއެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަން އޮންނަ ގޮތުން ބައެއް މީހުންނަކީ ދުވާލުގެ ބުރަ މަސައްކަތަށް ފަހު، އިތުރު އާމްދަނީއެއް ހޯދުމަށްޓަކައި ވިޔަފާރި އުސޫލުން އެއްގަމު ދަތުރުކުރުމުގެ މަސައްކަތް ކުރާ މީހުންނެވެ. ނަތީޖާއަކަށް ވަނީ ދުއްވަމުން ދާ ދިއުމުގެ ތެރޭގައި ނިދިޖެހި، ނުރައްކާތެރި އެކްސިޑެންޓްތަކާ ކުރިމަތިވުމެވެ.

މިކަމަށް ހައްލެއް ލިބޭތޯ ބެލުމަށް ޗައިނާއިން ތަޖުރިބާ ކުރަމުން ދަނީ ނިންޖާ އެންމެ ދެކޮޅު ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އަލި ބޭނުން ކޮށްގެންނެވެ. ޗައިނާގެ އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގައި ބޭނުން ކުރަމުންދާ ވަރުގަދަ ލޭޒަރލައިޓްތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެއީ ކޮން ބޭނުމެއްގައި އަޅުވާފައި ހުންނަ ލޭޒަރލައިޓްތަކެއްކަންވެސް ބައެއް މީހުންނަކަށް ނޭނގެއެވެ. ބަލާ ބެލުމަށް، އެއީ ފޯރިގަދަ އިވެންޓެއްގައި ބޭނުން ކުރަމުންދާ އަލިތަކެއް ކަމުގައި ހީވިނަމަވެސް، ޙަޤީޤީ ބޭނުން މުޅިން ތަފާތެވެ. މިއީ ތަޖުރިބާ މަރުހަލާގައި އޮތް ކަމެކެވެ. ތަފާތު އެކި ކުލަތަކުން ހައިވޭތަކުގެ މަލަމަތި ދިއްލަމުން އެ ދަނީ، އެއްގަމު އުޅަނދުފަހަރު ދުއްވަމުން ދާ ވަގުތު ނިދިޖެހުނަ ނުދީ ވާނެ ގޮތެއް އޮތް ތޯ ބެލުމަށެވެ. ވަކި ހާއްސަކޮށް، ޓްރަކް ފަދަ ބަރު އުޅަނދުފަހަރު ދުއްވާ ޑްރައިވަރުން ނިދިޖެހުނަ ނުދިމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވީޑިއޯއަކީ ލީ ނަމަކަށް ކިއާ މީހަކު ރެކޯޑްކޮށްފައި ވާ މަންޒަރުތަކެކެވެ. އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ލީ ބުނެފައި ވަނީ އެއީ ދަތުރުގެ ވަރުބަލިކަން ފިލުވައިލަދޭ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި ދުއްވާއިރު ކުރެވޭ ވަރުބަލިކަން ފިލުވާލަދޭ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ލީގެ ވާހަކަ އެހެން ހުއްޓެއް ކަމަކު، މިއީ ހުރިހާ ޑްރައިވަރުންގެ ފިކުރެއް ނޫނެވެ. ވަރުގަދަ އަލިތަކެއް ބޭނުން ކުރުމަކީ އެންމެން މާ ގާޔާވާ ކަމަކަށް ނުވިއެވެ. އަލިތަކުގެ ސަބަބުން މަގުމައްޗަށް ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދެވޭ ކަމުގެ ޝަކުވާ ކޮށްފައި އެބަ ހުއްޓެވެ. އަދި އަނެއް ބަޔަކު ވަނީ، ޑްރައިވަރުން ނިދިޖެހުނަ ނުދޭން މި ކުރި ކަމަކާ ހެދި އެޕިލެޕްޓިކް ސީޒަރ ފަދަ ކަންކަމާ ކުރިމަތި ކުރުވުން ގާތް ކަމަށް ބުނެ، ނުރުހުން ފާޅު ކޮށްފައެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، ދުވަސްކޮޅަކުން އެ އަލިތަކަށް ހޭނި، ނިދިޖެހެންވެސް ފަށާނެއެވެ.

ނިދީގެ ކަންފުޅެއްވެސް ނެތި ދުއްވާ މީހާއަށް މިފަދަ ވަރުގަދަ އަލިތަކެއްގެ ސަބަބުން ކުރިމަތިވާނީ އިތުރު ތަކުލީފެއް ކަމަށާ، އާންމު އުސޫލުން ވާހަކަދައްކާ އުޅުމަށްވެސް އުނދަގޫތަކާ ކުރިމަތި ކުރުވާނެ ކަމަށް ބައެއް ޑްރައިވަރުން ދަނީ ބުނަމުންނެވެ. ބައެއް މީހުންނަކީ އޯޓިޒަމް ފަދަ ހިއްސުތަކުގެ ވިލުންވެރިކަމުގައި ތަފާތު ކަމެއް ހުންނަ ފަދަ ކަމެއް ތަޖުރިބާ ކުރާ މީހުންނަށް، މި ވަރުގަދަ ލޭޒަރލައިޓްތަކުގެ ސަބަބުން އިތުރު ވޭނަކާ ކުރިމަތި ކުރުވުން ގާތެވެ. އެފަދަ އެކަކު ބުނި ގޮތުގައި، މިފަދަ މާޙައުލެއްގައި ދުއްވަންވެއްޖެ ނަމަ، 5 ވަރަކަށް މިނެޓްގެ ތެރޭގައި އޭނާގެ އުޅަނދު އޮންނާނީ އެކްސިޑެންޓްވެފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޤައުމުގެ މަޤާމަށް ފައި ވިއްދައިގެން އޮތް ޗައިނާއިން، މަގުމަތީގެ އެކްސިޑެންޓްތައް މަދު ކުރުމަށް ތަޖުރިބާ ކުރަން މި ފެށި އައު މަޝްރޫޢާ މެދު ޚުދު ތިބާވެސް ދެވަނަ ވިސްނުމަކަށް ދިއުން އެކަށީގެންވެއެވެ. ނަމަވެސް، މި ދައްކަނީ ޗައިނާގެ ވާހަކައެވެ. ޗައިނާއަކީ ހަނަފަސް ސަހަރާތަކުގައި ޖަމަލުތަކާ ހެދި އުޅަނދުތައް މުޑިއަރާ، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ސަހަރާތަކަށް ޚާއްޞަ ޓްރެފިކްލައިޓްތަކެއް ހަރުކުރި ޤައުމެއްކަން ހަނދާންކޮށްލަބަލާށެވެ!  

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ

ބައްޕަ މަރުވެއްޖެ ނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މޭގަން: އެއްބަފާ ދައްތަ

19 ޖުލައި 2018
'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!

'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!

18 ޖުލައި 2018
ސީކްރެޓް ސުޕަސްޓާއަށް ޗައިނާއިން 100 މިލިއަން ޑޮލަރު

ސީކްރެޓް ސުޕަސްޓާއަށް ޗައިނާއިން 100 މިލިއަން ޑޮލަރު

11 ފެބުރުއަރީ 2018
އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

އަދިވެސް ހިތްހަމަ ޖެހޭވަރަކަށް ދީޕިކާ އާއި ރަންވީރު ލައްވާ ފިލްމެއް ނުކުޅެވޭ: ބަންސާލީ

03 ފެބުރުއަރީ 2018
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު