Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން މަރާލުން

ޔާމީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަނީ

މުޒާހަރާ ބާއްވަނީ މިމަހުގެ 8 ވަނަ ދުވަހު 3:30 ގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 މެއި 2017 | އަންގާރަ 22:59
ޔާމިން ރަޝީދު: މަރާލާފައިވަނީ ލާއިންސާނީ އަނިޔާތަކާއެކު

ޔާމިން ރަޝީދު: މަރާލާފައިވަނީ ލާއިންސާނީ އަނިޔާތަކާއެކު

ވަރަށް އަނިޔާވެރި ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ މަޝްހޫރު ބްލޮގަރ އަދި މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 8 ވާ ހޯމަ ދުވަހު ހަވީރު 3:30 ގައި ބާއްވަން ރާވަމުންދާ މިމުޒާހަރާއަކީ ނޫސްވެރިންނާއި ސްރީލަންކާގެ މަދަނީ ޖަމްއިއްޔާތައް ގުޅިގެން ބޭއްވުމަށް ރާވަމުންދާ މުޒާހަރާއެކެވެ.

މިމުޒާހަރާ ރާވަމުންދާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދަކީ ދިވެހި ސަރުކާރާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ކުރަމުންދިޔަ ގޯސް ކަންތައްތަކަށް އޭނާގެ އަމިއްލަ ބްލޮގްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ކިޔަމުން ގެންދިޔަ ލިޔުންތެރިއެއް ކަމަށެވެ. އަދި އޭނާ ދިޔައީ 2014 ވަނަ އަހަރު ގެއްލުވާލާފައިވާ އޭނާގެ އެންމެގާތް އެކުވެރިޔާ އަދި ތަހުގީގީ ނޫސްވެރިޔާ ރިލްވާނަށް އިންސާފް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އަނިޔާވެރި ހަމަލާތަކެއްދީ މަރާލާފައިވާއިރު އޭނާއަށް 2014 ވަނަ އަހަރުން ފެށިގެން ދެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހުންނަށް ހުށަހަޅަމުން ދިޔަނަމަވެސް ފުލުހުންގެ ފަރާތުން އެކަމަށް އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށް މިމުޒާހަރާ ރާވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔާމިން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ވަނީ ސްރީލަންކާއަށް ޒިޔާރަތްކޮށް އެޤައުމުގައި ތިބޭ ބޭރުގެ ޑިޕްލޮމޭޓުންނަށް އޭނާގެ ދަރިފުޅުގެ މަރުގެ މައުލޫމާތު ހިއްސާކޮށް ބައިނަލް އަޤްވާމީ ދުނިޔޭގެ ބައިވެރިވުމާއެކު އެމަރުގެ ތަހުގީގް ގެންގޮސް ދިނުމަށް އެދިފައެވެ.

މުޒާހަރާ ރާވާ ފަރާތްތަކުން ވަނީ އެމުޒާހަރާގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އެދިފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު