Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗަށް އަނިޔާވުން

އިބްރަހިމޮވިޗަށް ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ

2 މާރިޗު 2021 | އަންގާރަ 07:10

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗަށް ތިން ހަފުތާ ގެއްލޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 މާރިޗު 2021 | އަންގާރަ 07:10
އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ދާދި ފަހުން ލިބުނު އަނިޔާގެ ސަބަބުން، ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު މިލާނުގެ ދަނޑުގައެވެ.

އެ މެޗުގެ ކުރިން އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ރޯމާ އަތުން 2-1 ގެ ނަތީޖާއަކުން މިލާން މޮޅުވި މެޗުގައި އިބްރަހިމޮވިޗަށް ވަނީ އަނިޔާވެފައެވެ. އެގޮތުން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ މެޗުގެ 56 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ވަނީ ބަދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ އަނިޔާއާ ގުޅިގެން މަދުވެގެން ތިން ހަފުތާ ވަންދެން އިބްރަހިމޮވިޗް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެ ލެގުގައިވެސް އިބްރަހިމޮވިޗަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ޔުނައިޓެޑާ ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާ އެއް ކުޅުންތެރިއަކީވެސް އިބްރަހިމޮވިޗެވެ. އެގޮތުން ޔުނައިޓެޑުން 2017 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އިބްރަހިމޮވިޗް ވަނީ އެ ޓީމަށް ކުޅެފައެވެ.

މި ފަހަރުގެ މުބާރާތުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރާއިރު، މިއީ ޔޫރޮޕާ ލީގުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމުގެ ދެމެދު ޔޫރަޕުގެ މުބާރާތްތަކުގައި ޖުމްލަ 10 މެޗު ކުޅެފައިވާއިރު، ޔޫރަޕިއަން ކަޕުގައި ޔުނައިޓެޑާއި މިލާން ވަނީ ހަތަރު ފަހަރު ބައްދަލުކޮށްފައެވެ. އަދި އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ހަ ފަހަރެއްގެ މަތިން މި ދެ ޓީމު ބައްދަލުކޮށްފައިވެއެވެ.

ޔުނައިޓެޑާއި މިލާނުގެ ކުރިމަތިލުންތަކުގެ ނަތީޖާއަށް ބަލާއިރު، މިލާން ފަސް މެޗުން މޮޅުވެފައިވާއިރު، ޔުނައިޓެޑުވެސް ވަނީ ފަސް މެޗުން މޮޅުވެފައެވެ. އަދި އެންމެ ފަހުން ޔޫރަޕުގެ މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 2009-10 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައެވެ. އެ ފަހަރު ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު އޮތް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައިވެސް ޔުނައިޓެޑާއި މިލާން ވަނީ ބައްދަލުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް