Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިކޮލަސް ސަކޯޒީއަށް ކޮރަޕްޝަންގެ ކުށް ސާބިތުވުން

ކޮރަޕްޝަންގެ ކުށް ސާބިތުވެ، ފްރާންސްގެ ކުރީގެ ރައީސް ސަކޯޒީ ޖަލަށް!

ޤާނޫނާ ޚިލާފް އަމަލުތަކެއް ކުރެއްވިކަމުގެ އެހެން ތުުހުމަތުތަކެއް ވެސް ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 14:20
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ- ނިކޮލަސްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހޯމަ ދުވަހު

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ- ނިކޮލަސްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހޯމަ ދުވަހު

ކޮރަޕްޝަންގެ ކުށް ސާބިތުވެ ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީ ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

ޕެރިސްގެ ކޯޓަކުން ހޯމަ ދުވަހު ކުރި ޙުކުމުގައި ވަނީ ނިކޮލަސްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެގޮތުން 2014 ވަނަ އަހަރު ކުރިއަށް ދިޔަ ޝަރީއަތެއްގައި ހިމެނޭ އިސް މެޖިސްޓްރޭޓެއްގެ ފުށުން ޤާނޫނާ ޚިލާފަށް މައުލޫމާތުތަކެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން ސާބިތުވާކަމަށް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ޕްރޮސެކިއުޓަރުން ފާހަގަ ކުރެއްވި ގޮތުގައި ނިކޮލަސް ވަނީ އޭރު ޖަޖް ގިލްބާރޓް އަޒިބަރޓްއަށް މޮނާކޯއިން މަތީ މަޤާމެއް ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވެ، ޝަރީއަތާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ. އަދި އެކަން ފަޅާއަރާފައިވަނީ ނިކޮލަސްއާއި އޭނާގެ ވަކީލާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސިއްރު މައުލޫމާތުތައް ހޯއްދަވަން މަސައްކަތް ކުރެއްވި މި މައްސަލައަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ އަތުން ފައިސާ ނެންގެވި ކަމަށް ތުހުމަތުކޮށް ބަލަމުން ދިޔަ މައްސަލައެކެވެ. ނަމަވެސް ނިކޮލަސް އޭރު ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރެވޭ ތުުހުމަތުތަކެއް ކަމަށެވެ. ޣައްޒާފީ ޚަރަދުކުރެއްވި ކަމަށް ވަނީ 2007 ވަނަ އަހަރުގެ ފަރަންސޭސީ އިންތިޚާބުގައެވެ. ލީބިޔާ ދަރިކޮޅުގެ ފަރަންސޭސި ވިޔަފާރިވެރިއަކު ވަނީ ސަކޯޒީގެ އަރިސް ބޭފުޅަކަށް 200 އަދި 500 ޔޫރޯގެ ނޫޓު ހުރި ތިން ފޮށި ދީފައިވާ ކަމަށް ބުނެފައެވެ. 

ނިކޮލަސްގެ މައްސަލަތައް ބަލަން ފަށާފައި ވަނީ އެމަނިކުފާނަށް 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުމާއި ވިދިގެންނެވެ. 2012 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ފްރާންސްވާ އޮލާންޑެވެ. 

2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސްކަން ކުރެއްވި ނިކޮލަސްގެ މައްޗަށް މީގެ އިތުރުންވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ކެމްޕޭނުގެ މާލީ ކަންކަމުގައި ޤާނޫނާ ޚިލާފް އަމަލުތަކެއް ކުރެއްވިކަމުގެ އެހެން ތުުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު