Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ

އަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމާ ގުޅިގެން ހައިކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި، ދައުލަތުގެ މިސްރާބު ސުޕްރީމް ކޯޓަށް!

28 ފެބުރުއަރީ 2021 | އާދީއްތަ 11:54

ހައިކޯޓުން މި މައްސަލަ ބޭރު ކޮށްލާފައިވަނީ އާދިއްތަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ފެބުރުއަރީ 2021 | އާދީއްތަ 11:54
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޕީޖީ ވަނީ މި މައްސަލައިގެ ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލު މަޖިލީހާވެސް ހިއްސާ ކުރައްވާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޕީޖީ ވަނީ މި މައްސަލައިގެ ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލު މަޖިލީހާވެސް ހިއްސާ ކުރައްވާފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއި ގުޅިގެން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މި މައްސަލަ ހައިކޯޓުން ބޭރު ކޮށްލާފައިވަނީ އަމުރު ދޫކުރި ކަމަށް މައުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުން ހުށައަޅާފައިވާތީ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ރަޖިސްޓްރާ ނިންމުން ނިންމާތާ 7 ދުވަސް ތެރޭގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެކަންވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބޭރު ކޮށްލާފައިވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

އަލީ ވަޙީދު ފުރާފައިވާއިރު، ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީގައެވެ. އެހެންނަމަވެސް، އަމުރު ނެރުނު ތާރިޚެއްކަމަށް ޕީޖީ އޮފީހަށް ލިބުނު ލިއެކިއުންތަކުގައި އޮތީ 10 ފެބްރުއަރީއެވެ. އަދި އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ފެބްރުއަރީގައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތުން ކޯޓުން ދައުލަތާ އެލިޔުންތައް ހަވާލުކޮށްފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކަންކޮށްފައިވާ ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލުވެސް އުފައްދަމުންނެވެ. އެގޮތުން ފުރަތަމަ އަމުރު ނެރުނުއިރު، ދައުލަތުން އެދިގެން ނެރުނު އަމުރެއްކަން ބަޔާން ކޮށްފައިވީ ނަމަވެސް، ފަހުން އެއީ "އިދާރީ އޮޅުމެއްގެ ތެރެއިން" ވީ ކަމެއްކަން ބަޔާން ކޮށްފައިވުމާއެކު، އެކަމަށްވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހައިކޯޓުގެ މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

އަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރާފައިވާއިރު، ޢަލީ ވަޙީދު ޖާމިނުކުރުވީ، އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. އެކަމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޑައިގެން މީގެ ކުރިން ހިއްސާ ކުރެއްވި މައުލޫމާތު ތަކުގެ ތެރޭގައި ޕީޖީ ވަނީ ބޭސްފަރުވާއަށް ބަންދުން ދޫކޮށްލާފައި ހުންނަ މީހަކަށް ޖާމިނުވުމަކީ ޤާނޫނު ދަންނަ އުސޫލެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެފަދަ ޙާލަތްތަކުގައި ޖާމިނުވެގެން މީހުން ފޮނުވުމަކީ ޤާނޫނުގައި ލިޔެފައި އޮތް އުސޫލެއްވެސް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ލިއެކިއުންތަަކަށް ބެލިއިރު، މައްސަލައިގެ ޖާމިނުވި މީހާ އެކަމަށް އެދި ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޙަވާލާދީ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ ޖާމިނު ކުރުވާފައިވަނީ އެ މާއްދާގެ ޝަރުތުތައް ހަމަވާތީ ކަމަށް ވީނަމަވެސް، އެ މާއްދާއަކީ ބަންދުގައި ހުރި މީހަކު ޖާމިނު ކުރުވުމާ ގުޅޭ މާއްދާއެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް