Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބުތަކުން ފަރިތަކުރުންތައް ފެށުން

އައު އުސޫލުތަކުގެ ދަށުން ކުލަބުތަކުން ފަރިތަކުރުންތައް ފަށައިފި

28 ފެބުރުއަރީ 2021 | އާދީއްތަ 10:27

ފަރިތަކުރާއިރު ހާފަކު ތިބެވޭނީ 10 ކުޅުންތެރިންނަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ފެބުރުއަރީ 2021 | އާދީއްތަ 10:27
އާދީއްތަ ދުވަހުގެ ހެނދުނު ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އާދީއްތަ ދުވަހުގެ ހެނދުނު ޓީސީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ދާދި ފަހުން އެކުލަވާލި އައު އުސޫލުތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ފަރިތަކުރުންތައް ފަށައިފިއެވެ.

އާދީއްތަ ދުވަހު ކުލަބުތަކުން ފަރިތަކުރުންތައް ފެށީ، މިދިޔަ ބުރާސްފަތި ދުވަހު ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުންނެވެ. އެ ދުވަހު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކޮށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވާ ގޮތުން ފަރިތަކުރުންތައް ފެށުމުގެ ހުއްދަދިން ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނާތީ، ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

އެކަމަކު ކުލަބުތަކާ މަޝްވަރާކުރުމަށްފަހު އެފްއޭއެމުން ވަނީ އާދީއްތަ ދުވަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށްގެންދެވޭނެ ކަމަށް ނިންމާފައެވެ. އެއާއެކު އާދީއްތަ ދުވަހުގެ ހެނދުނު ޓާފް ދަނޑުގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އަންނަ އޭޕްރީލް މަހު އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ފެށުމަށް ތާވަލުކޮށްފައި އޮތުމުން، ފަރިތަކުރުންތައް ކުރިއަށްގެން ހުއްދަދިނުމަށް އެންމެ ފުރަތަމަ މަޝްވަރާކުރީ އެ މުބާރާތުގައި ވާދަކުރާ ކުލަބުތަކަށް އެކަނި ކަމަށާއި، އެކަމަކު އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދިނީ، ކުރެވުނު މަޝްވަރާތަކަށްފަހު ކިތަންމެ ހަރުކަށި އުސޫލުތަކެއް ދަށުން ވިޔަސް އަވަހަށް ފަރިތަކުރުންތައް ފެށުމަށް ކުލަބުތަކުން ބޭނުންވުން ކަމަށްވެސް ވިދާޅުވިއެވެ.

އައު އުސޫލުތަކުގެ ދަށުން ކުލަބުތަކުން ފަރިތަކުރުންތައް ފެށިއިރު، އެ އުސޫލުތަކުގައިވާ ގޮތުން ފަހަރަކު ދަނޑެއްގައި ފަރިތަކުރެވޭނީ ޓީމަކަށެވެ. އަދި އައު އުސޫލުގެ ދަށުން ޖުމްލަ 20 ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށްގެންދަން ފުރުސަތު ދިނީ ހާފެއްގައި 10 ކުޅުންތެރިން ތިބެވޭ ގޮތަށެވެ.

މެދުކެނޑުމަކަށްފަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ފަރިތަކުރުންތައް ފެށި ނަމަވެސް، ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމުގެ ހުއްދަ މިހާތަނަށް ދީފައެއް ނުވެއެވެ. މީގެ ކުރިން ލީގު މެދުކަނޑާލަން ނިންމީ ކޮވިޑުގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ލީގުގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، މި ސީޒަން ފެށުމަށް އެންމެ ފުރަތަމަ ކުލަބުތަކުން އޮކްޓޯބަރު މަހު ފަރިތަކުރުންތައް ފެށީވެސް އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް