Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2023 ރިޔާސީ އިންތިޚާބު

ދެވަނަފަހަރަށް ވެސް ތަބަކަކަށް ލާފަ ދީފިނަމަ ވެރިކަން ކުރުމަށް ތައްޔާރު : ކުރީގެ ރައީސް ވަޙީދު

28 ފެބުރުއަރީ 2021 | އާދީއްތަ 07:46

ކުރީގެ ރައީސް ވަހީދު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެންމެ ފަސް އިންސައްތަ ވޯޓު ލިބިވަޑައިގަތުމަކީ ސިޔާސީ ޙަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީކަމަށް އިއުތިރާފުވެވަޑައިގެންފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 ފެބުރުއަރީ 2021 | އާދީއްތަ 07:46
ކުރީގެ ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާ ކުރުން

ކުރީގެ ރައީސް ވަހީދު 1000 ރުފިޔާއިން ޖޫރިމަނާ ކުރުން

ވެރިކަން ތަބަކަކަށް ލާފަ ދީފިނަމަ އަނެއްކާވެސް އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި އެންމެ ކުރުމުއްދަކަށް ވެރިކަން ކުރެއްވި އަދި އިންތިޚާބެއްގައި އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި ރައީސް ކަމުގައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް/ ޕީއެންސީގައި ސަރުކާރު ހިންގުމުގެ އެއްވެސް ސިޔާސަތެއް ނެތްކަމަށް ވިދާޅުވެފައެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެންމެ ފަސް އިންސައްތަ ވޯޓު ލިބިވަޑައިގަތުމަކީ ސިޔާސީ ޙަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީކަމަށް އިއުތިރާފުވެވަޑައިގަންނަވަމުން ކުރީގެ ރައީސް މުހައްމަދު ވަހީދު ވަނީ އެ އިންތިޚާބުގައި ކުރިމަތިލައްވަން ޖެހުނު ނާކާމިޔާބީއަށްފަހު ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެންނެވުމަށް ނިންމެވިކަމަށެވެ. އެހެންނަމަވެސް، މި ނިންމުން ބަދަލުކުރައްވަން ޖެހުނީ ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި އުޅުއްވުމަށްފަހު ކޮވިޑްގައި ރާއްޖެ ލޮކްޑައުންވެ، އެ މަނިކުފާނު އެ ޕާޓީއަކަށް ވޭތުވެ ދިޔަ 7 އަހަރު ދުވަހު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އިފް މޯލްޑިވްސް، ޕީޕީއެމުން މިވަގުތު އޮތް ހާލަތުން އަރައިގަތުމަށް އައިސް އެހީއަށް އެދުމުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ 2013 އިންތިޚާބު ލަސްވެ ދައުރު ހަމަވުމަށްފަހުވެސް ސުޕްރީމް ކޯޓުގެ ބާރުގައި ރައީސްކަމުގެ މަޤާމު ދިގުދައްމާލެއްވީ، އިންތިޚާބުގެ ކަންކަން އަވަސްކޮށް ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްސަލަތައް ހައްލުކުރެއްވުމަކަމަށް ރައީސް ޑރ. ވަހީދު ވަކާލާތުކުރެއްވިއެވެ. ކިތަންމެ ކުޑަ ދުވަސްކޮޅަކަށް އެންމެ ދެ އަހަރު ދުވަހަށް ވެސް ރާއްޖޭގެ އެންމެ އިސްވެރިޔާގެ މަޤާމު އަދާކުރެއްވުމުގެ ޝަރަފު ލިބިފައިވުމުން، ދެން އެއްވެސް ރިޔާސީ އިންތިޚާބެއްގައި ވެސް، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވެސް އަމިއްލައިން ވާދަކުރެއްވުމަށް ޝަޢުޤުވެރިވެ ނުލައްވާކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވިއެވެ. މިވަގުތު ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ވަނީ އިދިކޮޅުން އަދިވެސް އުންމީދުކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވާނެކަމެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ކަންކަން ފެންނަ ގޮތުން މިއީ ނުވުން ގާތްކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެ، މި އިންތިޚާބުގައި އިދިކޮޅުން ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއަކުންކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ. މި ޕްރައިމަރީގައި ވެސް އަމިއްލަފުޅަށް ބައިވެރިވެޑައިގަތުމަށް ޝައުޤުވެރިވެނުލައްވާކަމަށް ވިދާޅުވަމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ، ޤައުމުގެ ހައްޤުގެ ނަމުގައި ވެރިކަން ތަބަކަކަށް ލާފަ ދީފިނަމަ އަނެއްކާވެސް އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގައި ރަނގަޅުކުރަން ހުރިކަންކަމަކީ ކޮބާތޯ ސުވާލުކުރެއްވުމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ، ބޯމަތިވެފައިވާ ލޯކަލް ކައިންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކަންކަން ހިންގުމާއި އަދި ސަރުކާރު ހިންގުމަށް ސިޔާސީ ޕާޓީއެއްގައި ގެންގުޅެންޖެހޭ ވިސްނުންތައް އިދިކޮޅުގައި މިވަގުތު ނެތްކަމަށް ވިދާޅުވެފައެވެ. މި ވިސްނުންތަކުގެ މައްޗަށް އިތުރަށް ވިސްނާ ސަރުކާރު ހިންގުމުގެ ޕޮލިސީތަކެއް އިދިކޮޅުން އެކުލަވާލަން ޖެހިފައިވާކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ. މިފަދަ ދޯހަޅި ސިޔާސަތުތަކެއް އޮތަސް ލޯކަލް ކައިންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް