Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ މައްޗަށް އަނެއ

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017 | ބުދަ 01:02

ރައީސް ނަޝީދަކީ މިރާއްޖެ ދުށް އެންމެ މަގްބޫލު ސަހުޝިއްޔަތު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 ޖެނުއަރީ 2017 | ބުދަ 01:02
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަގުބޫލުކަމެއް ނެތް ލީޑަރުން އަބަދުވެސް ރައްޔިތުންގެ މައްޗަށް ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅުއްވާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމދު ޝީފާޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ މިރާއްޖެ ދުށް އެންމެ މަގްބޫލު ޝަހުސިއްޔަތު ކަމަށާއި އެހެންވެ، އެ މަނިކުފާނުގެ މައްޗަށް ފުލުފުލުގައި ދައުވާ ކުރަމުން ދަނީ އެހެންވެގެން ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުގެ ގޮތުގައި ދިއްލުނު ހުޅުކޮޅެއް ކަމަށެވެ. އެކަން ރާއްޖޭގެ ރައްޔިތުން އަބަދުވެސް ހަނދާން ކުރާ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އެއްބޭފުޅަކަށް އެންމެ ބޮޑަށް ބަރޯސާވެފައި ހުންނެވި ބޭފުޅާކީ ރައީސް ނަޝީދު ކަމަށް ވެސް އޭނާ ވިދާޅުވި

އެފަދަ ބޭފުޅަކާއި ދޭތެރޭގައި އަނެއްކާވެސް ބޭއިންސާފު ދައުވާއެއް އުފުއްލަވާ ގާނޫނީ ތަރަހަތައް އެއްފަރާތްކޮށްފައި އެ ހިންގާ ކަންތައް އެއީ އެމްޑީޕީގެ ފަރާތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެކަން ނުކުރުމަށް ތަކުރާރުކޮށް ޝިފާޒު ގޮވާލެއްވި އެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ރައްޔިތުން، އެ ރައްޔިތުން އެދޭ ހިސާބަށް މި ރާއްޖެ ގެންގޮސްދިނުމަށްޓަކައި ފުރާނައިން ގުރުބާންވެ ވަޑައިގަތުމަށް ނުކުމެ ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތް ނުހޯދޭނެ އެއްވެސް ހިސާބެއްގައި އެމަނިކުފާނު ނުހުންނވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އެކިއެކި ދައުވާތައް އުފުލަމުން ދިޔަ ނަމަވެސް ހައްގު ގޮތުގައި ރައްޔިތުންނާއި އެކު މަސައްކަތް ކުރެއްވި ވެރިއަކީ އެމަނިކުފާނު ކަމަށް ވީތީވެ ހައްގުމަގު އަބަދުވެސް ފަހިވެގެން އަންނަ ކަމަށެވެ.

ޖަލުގައި ހުންނަވައިގެން ނުހައްގު އަދަބު ތަހައްމަލު ކުރެއްވީ ވެސް ރާއްޖޭގެ ރައްޔިތުންނަށް ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކޮށް، ހެޔޮ ވެރިކަމެއްގެ ނިޒާމެއްގެ ގެނެސްދީ ހައްގުތައް ކަށަވަރު ކޮށްދެވޭނެ މާހައުލެއް ގާއިމް ކޮށްދެއްވުމަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިހާރު 13 އަހަރަށް ހުކުމްކުރައްވާފައިވާއިރު، އިނގިރޭސި ވިލާތުގައިވެސް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅަކީ ރައްޔިތުން އެދޭ ގޮތް ހޯދުމުގެ މަސައްކަތް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެރައްޔިތުންގެ ތެރޭގައި މާޔޫސްކަމެއް ވެރިކުރުމުގެ ބޭނުމުގަ އާއި ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި އިތުރު ދައުވާއެއް އުފުލާ ހުކުމެއް ކުރައްވަން ބޭނުންފުޅުވެލެއްވި ކަމުގައި ވިޔަސް ރައީސް ނަޝީދު އެއިން ކަންކަމަށް ބެއްލެވުމެއް ނެތި ރައްޔިތުން ބޭނުންވާ ހިސާބުގައި އެ ރައްޔިތުނާއެކު ހުންނަވާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ސިޔާސީ އެހެން ލީޑަރުނާއި ސިޔާސީ ފަރާތްތަކުންވެސް ގަބޫލުކުރަންވީ، ޝިފާޒު ވިދާޅުވި ގޮތުގައި، ދައްކަވާ ބިރަކަށް ރާއްޖޭގެ ރައްޔިތުން އެއްފަރާތް ކޮށްފައި ރައީސް ނަޝީދު ދުރަށް ވަޑައިނުގަންނަވާނެ ކަމެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަކީ އަމިއްލަފުޅު ވެރިކަން ހަތިމްކުރެއްވުން: އަމީން
04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް