Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017 | އާދީއްތަ 12:50

ސަރުކާރުން މިދިއަ އަހަރު އެކަނި 4.79 ބިލިއަން ރުފިޔާގެ ލޯނު ވަނީ ނަގާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ފެބުރުއަރީ 2017 | އާދީއްތަ 12:50
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާއްމު އުސޫލުތަކާ ހިލާފަށް ސައުދީ ސަރުކާރުން އެހީ ހޯދާކަމަށް ކުރެވޭ ތުހުމަތުތަކަކީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ މައްސަލައެއް ކަަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައިވަނީ މި ސަރުކާރުން އާއްމު މިންގަނޑުން ބޭރުން ސައުދީއާއެކު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ކުރެވޭ ތުހުމަތު ތަކަކީ ވަރަަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ދާދިފަހުން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައިވެސް ވަނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ. މިސަރުކާރުން ރާއްޖޭގެ އިގްތިސާދުގެ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ކުރަނީ ބޭރު ލޯނަށް ބަރޯސާވެގެންކަން ފާހަގަކޮށް މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ސައުދީ ސަރުކާރުގެ އިތުރުން ޗައިނާ ސަރުކާރުގެ މާލީ އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން އާއްމު އުސޫލުން ބޭރުން ގައުމުގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާކަމަށް އަޑުފެތުރިފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ ތަަރައްގީގެ މަޝްރޫއުތައްކަށް 4.79 ބިލިއަން ރުފިޔާގެ ލޯން ބޭރުގެ މާލީ އިދާރާތަކުން ނަގައިފަ އެވެ. މި ލޯންތައް އެންމެ ގިނައިން ނަގާފައިވަނީ ސައުދީއާ ގުޅުން ހުރި މާލީ އިދާރާތަކުންނާއި ޗައިނާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ ބަޔާނުގައި ވަނީ މި އަހަރުވެސް އިތުރު މަޝްރޫއުތަކަށް ލޯން ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް