Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއިން މަސް އެކްސްޕޯޓްކުރުން

ރީނދޫ އުރަހަ ކަންނެލި ގަތް އަދަދު ރިކޯޑްއަދަދަކަށް އިތުރުވެ، 2020ގެ ފަހު ކުއާޓާގައި މަސް އެކްސްޕޯޓް ކުރި އަދަދު ދެގުނަ ކުރިއަށް

ހަތަރު ވަނަ ކުއާޓާގައި 23,807.3 މެޓްރިކް ޓަނުގެ މަސް މަސްވެރިންގެ އަތުން އެކި ކުންފުނިތަކުން ވަނީ ގަނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2021 | އާދީއްތަ 04:28
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

މަސްވެރިންގެ އަތުން ރީނދޫ އުރަހަ ކަންނެލި ގަތް އަދަދު ރިކޯޑް އަދަދަކަށް އިތުރުވެ، 2020 ވަނަ އަހަރުގެ ފަހު ކުއާޓާގައި މަސް އެކްސްޕޯޓް ކުރި އަދަދު ދެގުނަ ކުރިއަށް ޖެހިލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކޮންމެ 4 މަހަކުން އެއް މަހު ނެރޭ ކޮލިޓީ އިކޮނޮމިކް ބުލެޓިންގައެވެ. ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރއިން ފެށިގެން މަސްވެރިކަމުގެ ދާއިރާ ކުރިއަރަން ވަނީ ފަށާފައެވެ. އަދި ހަތަރު ވަނަ ކުއާޓާގައި މި ކުރިއެރުން އިތުރުވެ ދާއިރާ ދުޅަހެޔޮވެފައިވާކަމަށް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ކޮލިޓީ އިކޮނޮމިކް ބުލެޓިންގައި ވަނީ ބުނެފައެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަތް އަދަދާއި، މަސް ޕްރޮސެސްކުރި އަދަދާއި، މަސް އެކްސްޕޯޓްކުރި އަދަދު ވަނީ އިތުރުވެފައެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ ކޮލިޓީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތް އަދަދު 12 އިންސަތަ ވަނީ އިތުރުވެފައެވެ. އެގޮތުން މި މުއްދަތުގައި 23,807.3 މެޓްރިކް ޓަނުގެ މަސް މަސްވެރިންގެ އަތުން އެކި ކުންފުނިތަކުން ވަނީ ގަނެފައެވެ. 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވިކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފަހު ހަތަރު މަސްދުވަހު 27,394.6 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރަށް ވަނީ އެކްސްޕޯޓު ކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2,574 މެޓްރިކް ޓަނު އިތުރު އަދަދެކެވެ. މިފަދަ އިތުރުވުމެއް އައިސްފައި މި ވަނީ، މި މުއްދަތުގައި މަސްވެރިންގެ އަތުން ރީނދޫ އުރަހަ ކަންނެލި ގަތް އަދަދު ރިކޯޑް އަދަދަކަށް އިތުރުވުމާ ގުޅިގެންކަމަށް ބުލެޓިންގައިވެއެވެ. އެގޮތުން މި ކުއާޓާގައި މަސްވެރިންގެ އަތުން ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު ވަނީ 52 އިންސައްތައަށް އިތުރުވެފައެވެ. މީގެ އިތުރުން ލޯ ބޮޑު ކަންނެލި ގަތް އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއާއެކު މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ފިނިކުރި ކަންނެލި އެކްސްޕޯޓްކުރި ނިސްބަތް ވަނީ 278 އިންސައްތަ އިތުރުވެފައެެވެ.

2020 ވަނަ އަހަރުގެ ފަހު ކުއާޓާގައި މަސް އެކްސްޕޯޓް ކުރި އަދަދު ދެގުނަ ކުރިއަށް ޖެހިލައިފައިވާއިރު، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖެހި އިގްތިޞާދީ ގިލަންވެެރި ކަމުގައި އެހެން ޞިނާއަތްތައް ހުއްޓިގެން ދިޔައިރު، ވިންދު ޖަހަޖަހާ އޮތީ މަސްވެރިކަމުގެ ޞިނާޢަތުގައިކަމަށް ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ މުހިންމު ފިޔަވަޅެއް ނިިމިދިޔަ 2020 ވަނަ އަހަރު ވަނީ އެކަށައަޅާފައެވެ. އެގޮތުން ވަކި ބަޔަކަށް ނޫނީ މަސްނުގަނެވޭ ގޮތަށް އޮތުމުގެ އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލެއްވިއެވެ. ކެރިކުޅަދާނަ ކޮންމެ ފަރާތަކުން މަސްގަނެ އެވިޔަފާރީގެ ތެރެއަށް ވަނުމަށް މިހާރު ހުރަހެއް ނެތެވެ. މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯރޓް ކުރާ ބައެއް ތަކެތިން ސަރުކާރަށް ނަގަމުން އައި އިމްޕޯރޓް ޑިއުޓީގެ ސަބަބުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަތިތަކެއް ހުއްޓެވެ. އެދަތިތައް ލުއި ކުރުމަށްޓަކާ އެބާވަތްތަކުން ސަރުކާރަށް ނަގަމުން އައި އިމްޕޯރޓް ޑިއުޓީ ކަނޑުއްވާލެއްވުމަށް ރައީސް އިބްރާހިމް މުޙަންމަދު ޞޯލިހް ނިންމަވާ އެގޮތަށް ދަނީ ޢަމަލު ކުރެވެމުންނެވެ.

ވޭތުވެދިޔަ 2020 ވަނަ އަހަރަކީ، އޭގެ ކުރިން ފާއިތުވި 14 އަހަރުގެ ތެރޭގައި ވެސް މިފްކޯއަށް އެންމެ ގިނަ މަސް ކިރި އަހަރެވެ. ޖުމްލަ 49 ހާސް މެޓްރިކް ޓަނުގެ މަސްކިރައި އޭގެ އަގުގެ ގޮތުގައި ޖުމްލަ 879 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވުނެވެ. މިފްކޯ އަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްތަ އިތުރު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މ. މުލަކު ގައި 500 މެޓްރިކް ޓަނާއި، ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ ޖާގަ ލިބިދޭ ކޯލްޑް ސްޓޯރޭޖް 2 ފެސިލިޓީ ގާއިމް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ކަންނެލި ދޯނި ފެނިއްޖެ

27 ފެބުރުއަރީ 2017
ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

24 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު