Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހާޝަގްޖީގެ މަރުގެ ތަހުގީގު

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް ކަމަށް ބުނެ ކުރި ތުހުމަތުތައް ސައުދީން ދޮގުކޮށްފި

އުމުރުން 59 އަހަރުގައި ހަޝޯގީ މަރާލިއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ވޮޝިންގޓަން ޕޯސްޓުގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 ފެބުރުއަރީ 2021 | ހޮނިހިރު 07:43
ހާޝަގްޖީއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ހާޝަގްޖީއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ އަމުރަކަށް ކަމަށް އެކަން ތަހުގީގުކުރި އެމެރިކާގެ ތަހުގީގު ޓީމުތަކުގެ ރިޕޯޓުން ބުނި ބުނުން ސައުދީ އަރަބިއްޔާއިން ދޮގު ކޮށްފިއެވެ.

ހުކުރު ދުވަހު ސައުދީގެ ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ސަރުކާރުން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުތައް އަޅަމުން ދަނިކޮށް މިފަދަ ތުހުމަތުތަކެއް ކޮށް އެއްވެސް އަސްލެއް ރިޕޯޓެއް ނެރެފައިވާތީ އެކަމާ އެގައުމުން ހިތާމަ ކުރާ ކަމަށެވެ. އަދި އެމެރިކާގެ ތަހުގީގުޔ ޓީމުތަކުގެ ރިޕޯޓު ދޮގު ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހުކުރު ދުވަހު އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް ހާމަކޮށްފައިވާއިރު މިރިޕޯޓުގައި ވަނީ ހާޝޮގްޖީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ބައިވެރިވުން އޮތްކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފައެވެ. ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން ހާޝޮގްޖީ މަރާލިގޮތުގެ ތަހުގީގު އެމެރިކާގެ އެންމެ އިސް އިންޓެލިޖެންސް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

މިރިޕޯޓް ހާމަކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ޤާނޫނެއް ފާސްކޮށްފައިވީނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިރިޕޯޓް ހާމަނުކޮށް ފަސްކުރައްވާފައެވެ. އަދި ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައިއިރުވެސް މިރިޕޯޓް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ވަނީ މިރިޕޯޓް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވޮޝިންގޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި ލިޔަމުން އައި ހާޝޮގްޖީ މަރާލާފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ލިޔުންތައް ލިޔަމުންދަނިކޮށެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ހާޝޮގްޖީ މަރާލުމާއެކު އޭރުވެސް ގިނަ ބަޔަކު އެކިގޮތްގޮތުން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ވަނީ އެކަމުގެ ތުހުމަތުގެ އިނގިލި ދިގުކޮށްފައެވެ.

ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން މީގެކުރިން ވެސް ތުރުކީން ބުނަމުން އައިސްފައިވަނީ ހާޝޯގީ މަރާލުމަށް އަންގާފައިވަނީ ސައުދީގެ މަތީ ފަންތީގެ ބައެއްގެ އަމުރަށް ކަމަށެވެ. އަދި ހާޝޮގްޖީގެ މަރުގެ ތުހުމަތުތައް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަމާޒުކުރަމުން ދިޔަނަމަވެސް ސައުދީ ސަރުކާރުން މިހާތަނަށްވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

އުމުރުން 59 އަހަރުގައި ހަޝޯގީ މަރާލިއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

ގިނީގައި ސައުދީގެ ޝައިޚަކު މަރާލައިފި

18 ޖެނުއަރީ 2018
ގިނީގައި ސައުދީގެ ޝައިޚަކު މަރާލައިފި
17 ޖެނުއަރީ 2018

ސައުދީގެ ޓެރަރިސްޓް އަލް ޤަލާފް މަރާލައިފި

17 ޖެނުއަރީ 2018
ސައުދީގެ ޓެރަރިސްޓް އަލް ޤަލާފް މަރާލައިފި
15 ޑިސެމްބަރު 2017

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

15 ޑިސެމްބަރު 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި
29 ސެޕްޓެމްބަރު 2017

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

29 ސެޕްޓެމްބަރު 2017
ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު