Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހާޝަގްޖީގެ މަރުގެ ތަހުގީގު

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

މިރިޕޯޓުގައި ވަނީ ހާޝަގްޖީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ބައިވެރިވުން އޮތްކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ފެބުރުއަރީ 2021 | ހޮނިހިރު 00:12
ހާޝަގްޖީއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ހާޝަގްޖީއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންތަނާ މަރާލާފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ އަމުރަކަށް ކަމަށް އެކަން ތަހުގީގުކުރި އެމެރިކާގެ ތަހުގީގުޓީމުތަކުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ހުކުރު ދުވަހު އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް ހާމަކޮށްފައިވާއިރު މިރިޕޯޓުގައި ވަނީ ހާޝޮގްޖީ މަރާލުމުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ބައިވެރިވުން އޮތްކަން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފައެވެ. ހާޝޮގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން ހާޝޮގްޖީ މަރާލިގޮތުގެ ތަހުގީގު އެމެރިކާގެ އެންމެ އިސް އިންޓެލިޖެންސް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

މިރިޕޯޓް ހާމަކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ޤާނޫނެއް ފާސްކޮށްފައިވީނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިރިޕޯޓް ހާމަނުކޮށް ފަސްކުރައްވާފައެވެ. އަދި ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައިއިރުވެސް މިރިޕޯޓް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ވަނީ މިރިޕޯޓް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވޮޝިންގޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި ލިޔަމުން އައި ހާޝޮގްޖީ މަރާލާފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ލިޔުންތައް ލިޔަމުންދަނިކޮށެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ހާޝޮގްޖީ މަރާލުމާއެކު އޭރުވެސް ގިނަ ބަޔަކު އެކިގޮތްގޮތުން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ވަނީ އެކަމުގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

އެހެންނަމަވެސް ސައުދީގެ އޮފިޝަލުން މިއަދާ ހަމައަށްވެސް އަންނަނީ އެތުހުމަތުތައް ދޮގުކުރަމުންނެވެ.

މިރިޕޯޓް ހާމަކުރުމާއި ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ ހާޝޮގްޖީ މަރާލުމުގައި ޝާމިލްވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތްތަކެއް ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ.

އެމެރިކާގެ އިންޓަލިޖެންސުން ބުނެފައިވަނީ މިއޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާނު ހުއްދަދީފައިވަނީ ސައުދީގެ ރަސްކަމުގެ ދަރުބާރުގައި އޭނާއަށް ލިބިވަޑައިގަންފައިވާ ބާރުގެ ދަށުންނެވެ. އަދި މި އޮޕަރޭޝަން ކުރިޔަށް ގެންދިޔުމުގެ ހުއްދަދެއްވި މައިގަނޑު އެއް ސަބަބަކީ ސައުދީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އަދި މަސައްކަތްކުރާ މީހުންގެ ތެރެއިން ސައުދީން ބޭރުގައި ތިބި މީހުންގެ ބާރު ކަނޑުވާލުމުގެ ގޮތުންނެވެ. އޭގެތެރޭގައި ހާޝޮގްޖީވެސް ހިމެނެއެވެ.

ސައުދީ ވަލީއަހުދު ދެކެވަޑައިގަންނަވާ ގޮތުގައި ހާޝޮގްޖީ އަކީ ސަައުދީގެ ރަސްކަމަށް އޮތް ނުރައްކަލެއްކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ހާޝޮގްޖީ މަރާލިއިރު މުހައްމަދު ބިން ސަލްމާން ވަނީ އޭނާއަށް އެހީތެރިވެދޭ މީހުންގެ ތެރޭގައި ބިރުވެރިކަމުގެ މާހައުލެއް އުފައްދާފައެވެ. އޭގެސަބަބުން ހާޝޮގްޖީގެ މަރާގުޅިގެން އެމީހުން ހައްޔަރުކުރުން ނުވަތަ މަގާމުން ވަކިކޮށްފާނެކަމަށް އޭނާގެ ބައިވެރިންގެ ހިތްތަކަށް ވަނީ ވިސްނައިދީފައެވެ.

ހަތަރު ސަފްހާގެ މިރިޕޯޓްގައި ހާޝޮގްޖީ މަރާލުުމުގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ ކަމަށް ބެލެވޭ 21 މީހެއްގެ ނަން ވަނީ ހާމަކޮށްފައެވެ. މިއޮޕަރޭޝަނަކީ ދުރާލާ ރޭވިގެން އިސްތަންބޫލްގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށްވިޔަސް ހާޝޮގްޖީ އަށް ގެއްލުމެއް ދިނުމަށް ނުވަތަ މަރާލުމަށް ނިންމީ ކޮންއިރަކު ކަމެއް ނޭންގޭކަމަށް މިރިޕޯޓްގައި ބުނެފައިވެއެވެ.

އަދި މިއޮޕަރޭޝަންގައި އުޅުނު މީހުންނަށް ކުރީބައިގައި މިއޮޕަރޭޝަން ނިމޭއިރު ހާޝޮގްޖީ މަރާލާނެކަން އެނގޭކަން ހޯދުނު ހޯދުންތަކުން އެނގިފައިނުވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެމެރިކާގެ ކޮންގްރެސްގައި ވަނީ ހާޝޮގްޖީގެ މަރުގައި ޝާމިލްވާ ފަރާތްތަކަށް ވަލީއަހުދު ސަލްމާން ބިން މުހައްމަދު ހިމެނޭގޮތަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ހައުސްގެ އިންޓަލިޖެންސް ކޮމިޓީގައި އިންނަވާ ޑިމޮކްރަޓިކް ޗެއަރމަން އެޑަމް ޝިފް ވިދާޅުވީ ހާޝޮގްޖީ މަރާލުމަށްފަހު އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރަސްއަޅުއްވާ އަދި ހުދު ވަލީއަހުދުގެ މައްޗަށްވެސް އެކަމުގެ އެއްވެސް ފިޔަވަޅެއް ނޭޅި އެކަމުގައި ޖަވާބުދާރީ ކުރުވިފައިނެތުމަކީ މިކަމުގައި އެމެރިކާގެ ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށެވެ. މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެޑަމް ވިދާޅުވިއެވެ.

މިރިޕޯޓާއި ގުޅިގެން ވަލީއަހުދު ސައުދީގައި ބާކީވެގެންދާނެކަމަށް ބައެއް މާހިރުން ދެކެވަޑައިގަންނަވައެވެ.

ސައުދީގެ ތެރޭގައި އަދިވެސް ވަލީ އަހުދަށް ވަރަށް ބޮޑު ތާއީދެއް އެބައޮތްކަމަށާއި ނަމަވެސް މިރިޕޯޓާއި ގުޅިގެން ވަލީއަހުދު ބަލިކަށިވެ އޭނާގެ ބާރާއި ނުފޫޒު ކުޑަވެގެންދާނެކަމަށް މާހިރުން ދެކެއެވެ. އެއާއެކު މިހާރު އޭނާގެ އަމަލުތައް ބައްޓަންކޮށްފައިވާ ގޮތް ބަދަލުކުރަންޖެހޭނެކަމަށް ބެލެވޭކަމަށް މާހިރުން ދެކެއެވެ.

ހާޝޮގްޖީގެ މަރާއެކުވެސް އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާ އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާއެކު ގާތްގުޅުމެއް ބާއްވާފައެވެ. މިކަމާއި ގުޅިގެން ވަލީއަހުދު ޒިންމާވާންޖެހޭ ކަމަށް އެކި ފަރާތްތަކުން އޭރު ބުނަމުންދިޔަ ނަމަވެސް ޓްރަމްޕްގެ ޒަޢާމަތުގައި ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެއް ގައުމެވެ.

މީގެއިތުރުން ވަލީއަހުދު މިކަމުގައި ޒިންމާދާރުކުރުވުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ފާސްކުރުމަށް އަމަލުކުރުމުގައިވެސް ޓްރަމްޕް ވަނީ ފެއިލްވެފައެވެ.

އެހެންނަމަވެސް މިހާރު މިރިޕޯޓް ހާމަކުރުމާއި އަދި ފުރަތަމަ ފަހަރަށް ހާޝޮގްޖީގެ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުން އޮތްކަން ރަސްމީކޮށް ހާމަވުމާއި ގުޅުގެން އެމެރިކާގެ ސަރުކާރުގެ އެކި ލެވެލްތަކުގެ މީހުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ސައުދީގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ. މިއާއެކު ސައުދީ އާއި އެމެރިކާގެ ގުޅުމަށް އަނެއްކާވެސް ހީނަރުކަމެއް އަންނާނެއެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންދަވަނީ ޔަމަންގައި ސައުދީން ކުރިޔަށް ގެންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރުއަޅުއްވަމުންނެވެ.

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ބައިޑަން ވަނީ އެމެރިކާއިން ސައުދީއަށް ދެމުންގެންދާ އަސްކަރީ އެހީތެރިކަން ކަނޑާލައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ ސައުދީން ޔަމަނުގައި ކުރިޔަށްގެންދާ ހަނގުރާމައިގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައްދީ އިންސާނީ ބޮޑު ކާރިސާއެއް އެގައުމުގައި އުފައްދާފައިވާތިއެވެ.

ހާޝޮގްޖީގެ މަރާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އދގެ މާހިރުންވެސް އަންނަނީ ސައުދީގެ ވަލީއަހުދު ޖަވާބުދާރީ ކުރުވުމަށް އެތައް އަހަރެއް ވަންދެން ގޮވާލަމުންނެވެ.

އދ ގެ ސްޕެޝަލް ރެޕަޗުއަރ އެގްނެސް ކަލާމާޑް 2019 ވަނަ އަހަރު ވިދާޅުވެފައިވަނީ ހާޝޮގްޖީ މަރާލުމާއި ގުޅިގެން އެކަމުގައި ބައިވެރިވާ ސަލްމާން ބިން މުހައްމަދަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށާއި އަދި އޭނާގެ އެސެޓްތައްވެސް ފްރީޒްކުރަންޖެހޭކަމަށެވެ.

ހާޝޮގްޖީ ގެ މަރާގެ ގުޅިގެން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު 11 މީހަކު ވަނީ ޖަލަށްލާން ހުކުމްކޮށްފައެވެ. އެމީހުންގެ ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވަނީ އެއްވެސް މީހަކަށް ނުވަދެވޭގޮތަށް ސިއްރުކޮށްގެންނެވެ. މިމީހުންގެ ތެރެއިން 5 މީހަކު މަރާލުމަށް ހުކުމްކޮށްފައިވާއިރު ތިން މީހަކަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ. މަރާލުމަށް ހުކުމްކުރި މީހުންނަށް ހާޝޮގްޖީގެ އާއިލާއިން މަޢާފު ދިނުމުން އެމީހުންނަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

ގިނީގައި ސައުދީގެ ޝައިޚަކު މަރާލައިފި

18 ޖެނުއަރީ 2018
ގިނީގައި ސައުދީގެ ޝައިޚަކު މަރާލައިފި
17 ޖެނުއަރީ 2018

ސައުދީގެ ޓެރަރިސްޓް އަލް ޤަލާފް މަރާލައިފި

17 ޖެނުއަރީ 2018
ސައުދީގެ ޓެރަރިސްޓް އަލް ޤަލާފް މަރާލައިފި
15 ޑިސެމްބަރު 2017

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި

15 ޑިސެމްބަރު 2017
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފެއިލްވީ އދ. އާއި ހުޅަނގާއި ސައުދީގެ ސަބަބުން ކަމަށް ބުނެފި
29 ސެޕްޓެމްބަރު 2017

ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު

29 ސެޕްޓެމްބަރު 2017
ސައުދީގެ އަންހެން ޑްރައިވަރުންގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ: ސައުދީގެ އިންޓީރިއާ މިނިސްޓަރު
30 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު