Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމު

ސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި

25 ފެބުރުއަރީ 2021 | ބުރާސްފަތި 08:29

ސާވޭ ކުރިއަށްގެންދަނީ ލ. އަތޮޅުގެ ރަށްތަކުގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 25 ފެބުރުއަރީ 2021 | ބުރާސްފަތި 08:29
ލ.ގަން

ލ.ގަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ "އެރައިސް" މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ސާރވޭ ކުރިއަށް ދާނީ 25 ފެބްރުއަރީ 2021 އިން ފެށިގެން 07 މާރޗް 2021 ގެ ނިޔަލަށް، ލ. އަތޮޅުގެ 8 ރަށުގައި ކަމަށެވެ. އެގޮތުން ސާވޭ ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ގަން، އިސްދޫ، ކަލައިދޫ، ހިތަދޫ، ކުނަހަންދޫ، މާބައިދޫ، އަދި މާމެންދޫގެ އިތުރަށް މާވަށުގައެވެ. އަދި އޭގެ އިތުރަށް އެ އަތޮޅު ފޮނަދުއާއި ދަނބިދޫގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ޔަގީން ވުމުން މި ދެރަށުގައި ވެސް ސާރވޭ ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ އެރައިސް މަޝްރޫއުގެ ސާރވޭގެ މައިގަނޑު އެއް ބޭނުމަކީ ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި އަދި އެނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާ ބެހޭގޮތުން އެރަށްތަކުގެ ރަށްވެހިން ދެކޭގޮތާއި އަދި އެރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މަޝްރޫއު ރާވައި ހިންގުން ކަމަށެވެ.

ސާރވޭގެ ފޯމުގައި މަޝްރޫޢު ކުރިއަށްދާ ރަށްރަށުގައި މަޝްރޫޢު ކުރިއަށްދާނެ ގޮތާއި ސޯލަރ ހަކަތައިގެ ނިޒާމު ހުންނާނެ ގޮތާއި މަސައްކަތުގައި ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތު ބަޔާންކޮށްފައިވާނެ ކަމަށާއި، އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެއްކުރެވޭ މައުލޫމާތުތަށް ބޭނުންކުރާނީ ހަމައެކަނި ދިރާސާގެ ބޭނުމުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެކްސަލރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢު މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށް އެންވަރރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

މަޝްރޫއަށް ވޯލްޑްބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައެވެ. އަދި ކްލީން ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް) އިން 23 މިލިއަން ޑޮލަރުގެ ލޯނު ވެސް ވަނީ ހަމަޖެހިފައެވެ. ހަމަ މި މަޝްރޫއަށް ސީ.ޓީ.އެފުން ވަނީ 7 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ހަމަޖައްސާފައެވެ. އެރައިޒް މަޝްރޫއަށް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރުގެ ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫޢުގެ 45 މިލިއަން ޑޮލަރުގެ ހަމަޖެހެނީ ހަކަތައިގެ ދާއިރާގެ ޕްރައިވެޓް އިންވެސްޓްމަންޓް ތަކުންނެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2019

މިހާރު މި ފެންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާތަން: ރައީސް މައުމޫނު

15 ނޮވެމްބަރު 2019
މިހާރު މި ފެންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާތަން: ރައީސް މައުމޫނު
10 ނޮވެމްބަރު 2019

ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ނެޓްވަރކް ގާއިމުކުރުމަށް ކުންފުންޏެއް އުފައްދަނީ

10 ނޮވެމްބަރު 2019
ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ނެޓްވަރކް ގާއިމުކުރުމަށް ކުންފުންޏެއް އުފައްދަނީ
07 ނޮވެމްބަރު 2019

ކ.ގުރައިދޫ ނަރުދަމާ ނިޒާމާއި ސްޓެލްކޯއިން ހަވާލުވެ ފެނުގެ ހިދުމަތްދޭ އިތުރު ޕްލާންޓެއް ގާއިމްކޮށްފި

07 ނޮވެމްބަރު 2019
ކ.ގުރައިދޫ ނަރުދަމާ ނިޒާމާއި ސްޓެލްކޯއިން ހަވާލުވެ ފެނުގެ ހިދުމަތްދޭ އިތުރު ޕްލާންޓެއް ގާއިމްކޮށްފި
06 ނޮވެމްބަރު 2019

ސޯލަރ އެނަރޖީއަށް އިންވެސްޓް ކޮށްގެން ދުނިޔެއަށް ނަމޫނާ ދެއްކުމަށް ސަލީމު އެދިވަޑައިގެންފި

06 ނޮވެމްބަރު 2019
ސޯލަރ އެނަރޖީއަށް އިންވެސްޓް ކޮށްގެން ދުނިޔެއަށް ނަމޫނާ ދެއްކުމަށް ސަލީމު އެދިވަޑައިގެންފި
28 އޮކްޓޯބަރު 2019

ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ

28 އޮކްޓޯބަރު 2019
ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ
21 މާރިޗު 2019

އެޗްޕީވީ ވެކްސިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2019
އެޗްޕީވީ ވެކްސިން ރާއްޖެއަށް ތައާރަފް ކޮށްފި
19 ޑިސެމްބަރު 2017

އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ

19 ޑިސެމްބަރު 2017
އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ
11 ނޮވެމްބަރު 2017

މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވިސްނަން އެންމެ ރަނގަޅު ދުވަސް: ރައީސް ނަޝީދު

11 ނޮވެމްބަރު 2017
މިއަދަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވިސްނަން އެންމެ ރަނގަޅު ދުވަސް: ރައީސް ނަޝީދު
26 ޖޫން 2017

ތިން ރަށެއްގެ ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައެއް އޭސީސީ އަށް

26 ޖޫން 2017
ތިން ރަށެއްގެ ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައެއް އޭސީސީ އަށް
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް