Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރުލަމާނީ ނިޒާމު

މިހާރު މި ފެންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާތަން: ރައީސް މައުމޫނު

ބައެއް ކަންކަން ހިނގަމުންދާގޮތުން ބަރުލަމާނީ ސިފަ ފެންނަ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ނޮވެމްބަރު 2019 | ހުކުރު 20:41
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތް ނަމަވެސް މިހާރު މި ފެންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާތަން ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރާއްޖޭގެ މިހާރުގެ ވެރިކަމުގެ ނިޒާމުން ބަރުލަމާނީ ސިފަ ފެންނަ ކަމަށް ޤަބޫލުފުޅުކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ބައެއް ކަންކަން ހިނގަމުންދާގޮތުން ބަރުލަމާނީ ސިފަ ފެންނަ ކަމަށާއި، ނަމަވެސް އެއީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. އަދި ރިޔާސީ ނިޒާމު އޮންނަންޖެހޭނީ ތިންބާރު ވަކިވެ، ވަކި ޙުދޫދުތަކެއް ކަނޑައެޅިފައި ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ ދެ ނިޒާމު މަސްހުނިވެގެން ހިނގަމުންދާތަން ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ބަދަލުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އެހައި ފައިދާހުރި ގޮތަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ރިޔާސީ ނިޒާމަކަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައިވާއިރު، މިދިޔަ 15 އަހަރު ދުވަހުގެތެރޭގައި ރައްޔިތުން ވޯޓު ދީފައިވާ ގޮތުން ރައްޔިތުންގެ ޠަބިއްޔަތުގައި ހުރީ ބަރުލަމާނީ އުޞޫލަކަށް ކަން އެނގިފައިވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ހަރުކަށި ގޮތުގައި ބަދަލުވުމުގެ ބަދަލުގައި އޮމާންކަމާއެކު ބަދަލުވުމުގެ ފުރުޞަތު ބަރުލަމާނީ ނިޒާމެއްގައި މާ ބޮޑު ކަމަށް ދެކިލައްވާ ކަމަށާއި، ބަރުލަމާނީ ނިޒާމެއްގެ ޚަރަދު ވެސް ކުޑަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު