Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންވަޔަރަމެންޓް މިނިސްޓްރީ

ތިން ރަށެއްގެ ނަރުދަމާ ނިޒާމާ ގުޅޭ މައްސަލައެއް އޭސީސީ އަށް

ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރަން އުޅެނީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަންއާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 06:39
އެންޓިކޮރޮޕްޝަން ކޮމިޝަން

އެންޓިކޮރޮޕްޝަން ކޮމިޝަން

ތިން ރަށެއްގެ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ކޮރޮޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅައިފިއެވެ.

ހދ. ނޮޅިވަރަންފަރު، ކ. ހިންމަފުށި އަދި ކ. ތުލުސްދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ ކޮޕީއެއް ރާއްޖެއެމްވީ އަށް ވެސް ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

އެންވާރަމެންޓް މިނިސްޓްރީއާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވާ ގޮތުގައި މިމަސައްކަތް ވަކިބަޔަކަށް ދިނުމުގެ މަސައްކަތް ވަރަށް އަވަސްއަރުވާލައިގެން އެންވައަރަންމެންޓް މިނިސްޓްރީން ދަނީ ކުރަމުންނެނެވެ.

އެގޮތުން މި މަސައްކަތް ހަވާލު ކުރުމަށް އެންވައަރަންމެންޓް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަނަށް އަށް ކަމަށް އޭސީސީ އަށް ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވެއެވެ.

މައްސަލާގައި ބުނެފައި ވަނީ މި މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ހަވާލު ކުރުން އަވަސްކުރުމަށް ބައެއް މަރުހަލާތައް ދޫކޮށްލުމަށް ފަހު ބިޑިން ޕްރޮސެސްގެ ބައެއް ކަންކަން އެންވާރަމެންޓް މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމަށް އެންވައަރަންމަންޓް މިނސްޓްރީ ބިޑް އިވެލުއޭޝަން ކޮމިޓީ ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގަ ފާހަގަކޮށްފައިވެއެވެ.

އެގޮތުން އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ޖުމްލަ އަދަދު މަދުކޮށްފައިވާ ކަމަށާއި މިކަން މިގޮތަށް ހިނގާފައިވާ ކަމުގެ ހެކި މިނިސްޓްރީ އޮފް އެންވައަރަންމަންޓާއި މިނިސްޓްރީ އޮފް ފިނޭންސްއާ ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކުން އެނގޭނެ ކަމަށް މައްސަލާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިޑް ހުށަހަޅަން ޖެހޭ މުއްދަތު ހަމަވި ފަހުން ސިއެރާ ކުންފުނީގެ ބައެއް ލިޔެކިޔުންތައް ބިޑް ކޮމެޓީން ބަލައިގަނެފައިވާ ކަމަށާއި އަދި ހުށަހެޅި ލިޔެކިޔުންތަކުގައި ފުރިހަމަ ވާން ޖެހޭ މައުލޫމާތުތައް ފުރިހަމަ ވެފައި ނުވާ ކަމަށް އޭސީސީ އަށް ހުށަހަޅާފައިވާ މި މައްސަލާގައި ބުނެފައި ވެއެވެ. އަދި މިކަން މިހެން ކުރުމަށް ސިއެރާ ކުންފުނިން ބިޑް ކޮމެޓީގެ ބައެއް މެންބަރުން ނުފޫޒް ފޯރުވަމުންދާ ކަމުގެ ތުހުމަތު މައްސަލަ ހުށަހެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެންވައަރަންމެންޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ގުޅި ނަމަވެސް މިނިސްޓްރީގެ އިސްބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ލަންކާގެ ސިއެރާ ކުންފުންޏަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގެ ސިއެރާ ކުންފުންޏާ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މަނިކް ނުވަތަ މުހައްމަދު މަނިކުއާ ގާތް ގުޅުމެއް އޮވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު