Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސޯލަރ އެނަރޖީއަށް އިންވެސްޓް ކޮށްގެން ދުނިޔެއަށް ނަމޫނާ ދެއްކުމަށް ސަލީމު އެދިވަޑައިގެންފި

ތެލަށް ދޭ ސަބްސިޑީ ހުއްޓާލާ އިޔާދަ ކުރަނިވި ހަކަތައާ ދިމާއަށް މިސްރާބު ޖަހަންޖެހޭ ކަމަށް ސަލީމު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2019 | ބުދަ 12:54
ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު

ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު

އަންނަ އަހަރަކީ ދިވެހި ރާއްޖެއިން ސޯލަރއަށް އިންވެސްޓް ކޮށްގެން ދުނިޔެއަށް ނަމޫނާ ދައްކާ އަހަރަކަށް ހެދުމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމު އެދިވަޑައިގެންފި އެވެ.

ސަލީމު މިގޮތަށް އެދިވަޑައިގަތީ ސަލީމު ހުށަހެޅުއްވި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ގަރާރަށް ފަހު ބަސް ވިދާޅު ވަމުންނެވެ. ސަލީމު ވިދާޅުވީ ތެލަށް ދޭ ސަބްސިޑީ ހުއްޓާލާ އިޔާދަ ކުރަނިވި ހަކަތައާ ދިމާއަށް މިސްރާބު ޖަހަން ޖެހޭކަމަށެވެ.

މިހިނގަމުންދާ އަހަރު ތެލުގެ އަގު ހެޔޮ ކުުރުމުގެ ގޮތުން ބިލައަނަކާ ގާތަށް ފައިސާ ހޭދަކުރާކަމަށް މެމްބަރ ސަލީމު ވިދާޅުވި އެވެ. ކުރިޔަށް އޮތް އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައިވެސް ކަންއޮތީ އެގޮތަށްކަން ފާހަގަ ކުރައްވާ ސަލީމު ވިދާޅުވީ މަޖިލީހުން ފާސްކުރާ ބަޖެޓުގައި އެގޮތަށް އެކަން އޮވެ ތެލަށް ދޭ ސަބްސިޑީ ހުއްޓާލުމަށް މިގަރާރުން ގޮވާލުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމުގަ އެވެ. އެހެންކަމުން ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާކުރާއިރު އެކަމަށް ސަމާލުކަން ދެެއްވުމަށް ސަލީމު އެދިވަޑައިގެންނެވި އެވެ.

ސަލީމު ވިދާޅުވީ ތެލަށް ދީފައިވާ ސަބްސިޑީގެ ތެރެއިން 119 މިލިއަން ރުފިޔާ ދެހާހުން ދަށުގެ 143 ރަށަކަށް ދީގެން ކަރަންޓު ބިލު ކުޑަކުރެވިގެންދާނެ ކަމަށެވެ. އެއީ އެއިން ކޮންމެ ގެއެއްގެ ފުރާޅުގައި ތިން ކިލޯ ވޮޓުގެ ސޯލަރ ޕެނެލް ބަހައްޓައިގެން ކަމަށް ސަލީމު ވިދާޅުވި އެވެ. އޭރުން މަހެއްގެ މައްޗަށް މިހާރު ދައްކަމުންދާ ހާހަކަށް ވުރެ ބޮޑު ކަރަންޓު ބިލް 700 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށް ސަލީމު ވިދާޅުވި އެވެ. ސަލީމު ވިދާޅުވީ މިއަދަދުތަކަކީ މިދާއިރާގެ ތަޖުރިބާ ކާރުންނާއެކުގައި ޖަހާފައިވާ ހިސާބުތަކަކުން ފެންނަ އަދަދު ކަމަށެވެ.

ސަލީމު ވިދާޅުވީ 119 މިލިއަން ރުފިޔާ އަކީ ކައުންސިލްތަކުން އިންޓެރެސްޓް ކުޑަކުރުމަށް ހުށަހަޅާ ފައިސާގެ ގޮތުގައި ހަމަޖެއްސިދާނެ ކަމަށެވެ. ސަލީމު ވިދާޅުވީ އިންޓަރެސްޓަކާއި ނުލާ ގޭގޭގައި ސޯލާރ ޕެނަލް ހަރުކުރުމަށްދަނީ 46،000 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން މިމިސްރާބަށް ދާންނުޖެހޭ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި މާލޭގައި ރަނގަޅު ފެންވަރެއްގައި ގްރިޑްގެ ހިދުމަތް މިހާރުވެސް ދެމުން ގެންދާކަން ސަލީމު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަލީމު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ މައްސަލާގައި ރާއްޖެއިން ކަންކުރާ ގޮތް ބަދަލުކުރަން ޖެހޭކަމަށެވެ. ކުލައިމެންޓް ކޮންފަރެންސްތަކަށް ގޮސް ކުރިމަތިވެގެން އުޅޭ މައްސަލަ ހާމަކުރުމުން ކޮންމެސް މަޝްރޫޢަކަށް ފައިސާ ލިބޭކަމަށާއި އެފައިސާއިން ކުލައިމެޓް އެޑަޕްޓޭޝަންގެ ނަމުގައި ކޮންމެސް މަޝްރޫޢެއް ހިންގަނީ ކަމަށާއި ނަމަވެސް ހަގީގީ މައްސަލައަކީ ޖައްވަށް ބޭރު ކުރާ ގްރީން ހައުސް ގޭސް ކަމަށް ސަލީމު ވިދާޅުވި އެވެ.

ސަލީމު ވިދާޅުވީ ދިވެހިރާއްޖޭގައި ކުލައިމެޓް އެމަރޖެންސީ އިއުލާން ކުރަންޖެހޭ ކަމަށާއި މި ގަރާރު މަޖިލީހުން ފާސްވެެއްޖެނަމަ އެކަން ކާމިޔާބު ވެގެންދާނެ ކަމަށެވެ. މިއަދުގެ ޖަލްސާގައިވަނީ މިގަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު