Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޔޫރޮޕާ ލީގު

ވޮލްފްސްބާގާ ބަލިކޮށް ޓޮޓެންހަމް އަނެއް ބުރަށް

ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމުން ހޯދީ 8-1 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 20:17
ޓޮޓެންހަމާއި ވޮލްފްސްބާގާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ން

ޓޮޓެންހަމާއި ވޮލްފްސްބާގާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 4-0 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެ ލެގުގައިވެސް އޮސްޓްރިއާގެ ވޮލްފްސްބާގާ ބަލިކޮށް، ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމް ހޮޓްސްޕާއިން ހޯދައިފިއެވެ.

މިދިޔަ ހަފުތާގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ ލެގުން ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ޓޮޓެންހަމް މޮޅުވީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ގަދަ 16 ގެ ޖާގައެއް ޓޮޓެންހަމުން ހޯދީ 8-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ 2015-16 ސީޒަނަށްފަހު ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ޓޮޓެންހަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޓޮޓެންހަމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޑެލޭ އަލީއެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކާލޯސް ވިނީޝިއުސް ވަނީ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފައެވެ.

ޓޮޓެންހަމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެރެތު ބޭލެވެ. އަދި އޭގެ 10 މިނެޓު ފަހުން ވިނީޝިއުސް ވަނީ ޓޮޓެންހަމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ވިނީޝިއުސް ދެ ލަނޑު ޖެހިއިރު، ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.

ވޮލްފްސްބާގާ ބަލިކޮށް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް ޓޮޓެންހަމް ދަތުރުކުރިއިރު، ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު