Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮޓެންހަމް

ސޮން، ޓޮޓެންހަމް ދޫކޮށްލަން ނިންމައިފި

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އިން އަންނަނީ ސޮން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 04:38
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސޮން ހެއުން މިން

ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސޮން ހެއުން މިން

ޓޮޓެންހަމަށް ކުޅެމުން އައި ސައުތު ކޮރެއާގެ ސޮން ހެއުން މިން، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ، ބަޔާ ލެވަކޫސަން ދޫކޮށްލުމަށް ފަހު ސޮން ޓޮޓެންހަމް އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ސޮން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ.

ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ސޮން ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން އެ ކުލަބުގެ އިސްވެރިންނަށް އަންގައިފަ އެވެ. މީގެ އިތުރުން ސޮން ވަނީ އޭނާގެ ނިންމުން، ޓޮޓެންހަމްގެ އައު ކޯޗު ތޯމަސް ފްރޭންކްއާ ވެސް ހިއްސާ ކޮށްފަ އެވެ.

ޓޮޓެންހަމް ދޫކޮށްލަން ނިންމުމަށް ފަހު ވާހަކަ ދައްކަމުން ސޮން ބުނެފައި ވަނީ، އޭނާގެ ނިންމުން ކުލަބުގެ އިސްވެރިންނާ ވެސް މިހާރު ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އަދި ޓޮޓެންހަމްގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އޭނާ އެންމެ ފުރިހަމަ އަށް މަސައްކަތް ކޮށްފައި ވާނެ ކަމަށާއި، ކެރިއަރުގައި މިހާރު ބޭނުން ވަނީ އައު ޗެލެންޖެއް ކަމަށް ސޮން ބުންޏެވެ.

މީގެ އިތުރުން ސޮން ބުނީ އޭނާ ޓޮޓެންހަމް ދޫކޮށްފައި ދަނީ، ގިނަ ކަންތައްތަކެއް ޙާސިލު ކުރުމަށް ފަހު ކަމަށެވެ. އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައި އޭނާ އަށް އެހީތެރިކަން ދިން ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުންނާއި، ކުލަބުގެ ވެރިން އަދި އެންމެހާ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އޮތް ކަމަށް ސޮން ވަނީ ފާހަގަ ކޮށްފަ އެވެ.

ޓޮޓެންހަމްގައި ސޮން ހޭދަ ކުރި 10 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 454 މެޗު ކުޅެދީ 173 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ޓޮޓެންހަމާ އެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އިން އަންނަނީ ސޮން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގެ މަޝްވަރާތަކެއް ވެސް ކުރެވެމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ވެސް ސޮން ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅެމުން އަންނަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ޓޮޓެންހަމް ދޫކޮށްލަން ސޮން ނިންމިއިރު، އޭނާ އަކީ އެ ކުލަބުގެ ކެޕްޓަން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު