Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޮޕާ ލީގު

ޔޫރޮޕާ ލީގު ކާމިޔާބުކޮށް، 17 އަހަރު ފަހުން ޓޮޓެންހަމަށް ތައްޓެއް

މިއީ 17 އަހަރަށް ފަހު ޓޮޓެންހަމް އިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އަދި އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރި ފުރަތަމަ ތައްްޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2025 | ބުރާސްފަތި 04:11
ޓޮޓެންހަމް އިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލަނީ

ޓޮޓެންހަމް އިން ޔޫރޮޕާ ލީގުގެ ތަށި އުފުލާލަނީ

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށް، ޓޮޓެންހަމް އިން 17 އަހަރު ފަހުން ފުރަތަމަ ފަހަރަށް ތައްޓެއް އުފުލާލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ޓޮޓެންހަމް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ވެސް ޓޮޓެންހަމް އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ޔުނައިޓެޑުން ވެސް ވަނީ އެ ޓީމަށް ލިބޭ ފުރުސަތުތަކުގައި ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ޓޮޓެންހަމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޓޮޓެންހަމްގެ ޕަޕޭ މަޓާ ސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެނަން ޖޯންސަން އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ރަސްމުސް ހޮލުންޑް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް، ރޮނގު މަތިން އެ ބޯޅަ ސަލާމަތް ކުރީ ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެން ޑަ ވީން އެވެ.

އޭގެ ފަހުން ވެސް މެޗުގެ ފަހު ވަގުތުގައި ވެސް ޔުނައިޓެޑުން ވަނީ ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި ބޯޅަތައް ޓޮޓެންހަމްގެ ގޯލު ކީޕަރު ގުގްލިއެމްލޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑު ބަލިކޮށް ޓޮޓެންހަމް އިން ޔޫރޮޕާ ލީގު ކާމިޔާބު ކުރިއިރު، މިއީ 17 އަހަރަށް ފަހު ޓޮޓެންހަމް އިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އަދި އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކާމިޔާބު ކުރި ފުރަތަމަ ތައްްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު