Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާސް އިންސްޕެކްޝަންގެ ނޯޓިސްދިނުން

މާސް އިންސްޕެކްޝަންގައި އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވުމުން 37 ތަނަކަށް ރެޑް ނޯޓިސްދީފި

24 ފެބުރުއަރީ 2021 | ބުދަ 03:53

މާސް އިންސްޕެކްޝަންގައި 568 ތަނެއް ވަނީ ބަލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 ފެބުރުއަރީ 2021 | ބުދަ 03:53
މާލޭގެ ކެފޭއެއް

މާލޭގެ ކެފޭއެއް

އެޗްޕީއޭއާއި ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންތަކުގައި މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ޚިދުމަތް ދެމުންދަނިކޮށް އެކަން ރަނގަޅުކުރަން އަންގާ ރަނގަޅު ނުކުރުމުން 37 ތަނަކަށް ރެޑް ނޯޓިސް ދީފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފަހުގެ އިންސްޕެކްޝަންގެ ތަފްސީލް ހިއްސާކުރައްވަމުން، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ މިފަހަރުގެ އިންސްޕެކްޝަންގައި މިހާތަނަށް 568 ތަނެއް ބަލާފައިވާއިރު، މި އިންސްޕެކްޝަން ކުރިއަށްގެންދިޔައީ މާލެ ސަރަހައްދު 7 ބަޔަކަށް ބަހާލައިގެންކަމަށެވެ. ޑެޕިއުޓީ މިނިސްޓަރ ޒާމިރު ވަނީ، މިހާތަނަށް އައައިރު ކާބޯތަކެތީގެ ހިދުމަތް ދޭ 198 ތަނާއި، ޖިމްތަކާއި ފިޓްނަސް ސެންޓަރުގެ ކެޓަގަރީގެ 12 ތަނަކާއި، 4 މާރުކޭޓް، 10 ސެލޫން، 344 ފިހާރަ އިންސްޕެކްޓްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅަުތައް އެންމެ ރަނގަޅުގޮތުގައި އެކަށައަޅާތޯ ބެލުމަށް ގިނަ އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރައްވާ ޑެޕިއުޓީ މިނިސްޓަރ ވަނީ، އިންސްޕެކްޝަންގެ ނަތީޖާ އެންމެ އެދެވޭގޮތައް ނުފެންނަކަމަށް ވިދާޅުވެފައެވެ. އެހެންންނަމަވެސް، ޖުމުލަކޮށް، ގިނަ ފަރާތްތަކުން އިންސްޕެކްޝަނަށް ވަރަށް ބޮޑަށް އެއްބާރުލުންދީ، ކަންކަން ރަނގަޅުކުރަން ބޭނުންވާކަން ފާހަގަކުރެވުމުން، އެކަމާ އުފާކުރައްވާކަމަށް ވެސް ވިދާޅުވިއެވެ. ޑެޕިއުޓީ މިނިސްޓަރ ޒާމިރު ވަނީ މި އިންސްޕެކްޝަންގައި ޤަވައިދާ ޚިލާފުވި ފަރާތްތަކަށް އެޅި ފިޔަވަޅުގެ ތަފްސީލު ވެސް ހިއްސާކޮށްފައެވެ. އެގޮތުން މި އިންސްޕެކްޝަންގައި ގައިޑްލައިންތަކާ އެއްގޮތަށް ވިޔަފާރިކުރާ ކަމަށް 243 ތަނަކަށް ސްޓިކާ ދީފައިވާއިރު، ފުރަތަމަ އިންސްޕެކްޝަނުގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވެގެން 288 ތަނަކަށް ވަނީ ވައިޓް ނޯޓިސް ދީފައެވެ. އަދި ވައިޓް ނޯޓިސްގައި ރަނގަޅުކުރަން ބުނާ ކަންކަން ރަނގަޅު ނުކޮށްގެން 37 ތަނަކަށް ރެޑް ނޯޓިސް ދިން ކަމަށް ޒާމިރު ވިދާޅުވިއެވެ. މި އިންސްޕެކްޝަންގައި މިހާތަނަށް އައިރު އެއްވެސް ތަނެއް ޖޫރިމަނާކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އާންމުކޮށްފައިވާ ޖޫރިމަނާކުރާ އުސޫލުގައި ވާގޮތުން ފުރަތަމަ ފަހަރަށް ނަމަ ޖޫރިމަނާކުރަނީ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާއެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ. 

ޢާއްމު ޚިދުމަތްދޭ ތަންތަން ބަލައި ފާސްކޮށް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭގޮތަށް ހުރިތޯ ބެލުމަށް ކުރިއަށްގެންދިޔަ ހަތަރުވަނަ ބުރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ވަނީ ތިންހާހަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައެވެ. މި އިންސްޕެކްޝަންގެ ތެރެއިން ސަތޭކައަށްވުރެ ގިނަ ތަންތަންވަނީ މިންގަނޑަށް ނުފެތޭތީ ބަންދު ވެސް ކޮށްފައެވެ. ކޮވިޑް-19ގެ ކޭސްތައް މަދުކުރުމުގައި ޢާއްމު ޚިދުމަތްދޭ އެކި ތަންތަން ބަލައިފާސްކުރުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންތަކުގެ ދައުރު ބޮޑުކަމަށް އެޗްއީއޯސީން ފާހަގަކުރައްވައެވެ. މިގޮތަށް ބަލާއިރު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް އިންތިޒާމުކޮށްފައި ހުރިތޯ އާއި މާސްކު ބޭނުންކުރުމަށް ބާރު އަޅާމިންވަރާއި އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން އެއްފަހަރާ ޚިދުމަތްދިނުމަށް ކަނޑައަޅާ މިންވަރާއި އެއަށް ޢަމަލުކުރާ މިންވަރު ވެސް އަންނަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި

27 މެއި 2017
ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި
21 މެއި 2017

ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި

21 މެއި 2017
ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި
21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
25 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!

25 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ބްރޯޑްކޮމްގެ "އިލްތިމާސް" މީޑިއާތަކަށް!
25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް