Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަ އިނާޔަތް

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ނުދޭކަން ފާހަގަ ކުރެވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 މެއި 2017 | އާދީއްތަ 16:40
ސަރުކާރު އޮފީހެއްގެ ތެރެއިން:ރޯދަ އިނާޔަތް ޤާނޫނާ އެއްގޮތައް ދިނުމަށް ވަނީ އަންގާފައި

ސަރުކާރު އޮފީހެއްގެ ތެރެއިން:ރޯދަ އިނާޔަތް ޤާނޫނާ އެއްގޮތައް ދިނުމަށް ވަނީ އަންގާފައި

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިންކަމުގައި ވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެއިނާޔަތް ދެމުން ނުދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

Advertisement - newsAdvertisement

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެ ކަމަށެވެ.

އެހެންކަމުން ވަޒީފާދެއްވާ އެންމެހާ ފަރާތްތަކުން ވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް ދަންނަވާކަމަށް އެ އިއުލާނުގައިވެ އެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީން މިގޮތައް އިލްތިމާސްކޮށްފައިވާއިރު ލީވްގައި ތިބޭ ސަރުކާރު މުވައްޒަފުންނަށް މިއަހަރުގެ ރޯދަ އިނާޔަތް ނުދިނުމަށް ފިނޭންސުން ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު