Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ގެންގުޅުން

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

ވެކްސިން ގެންގުޅެން ޖެހެނީ ވަކި ފިނިހޫނު މިނެއްގައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 21 މާރިޗު 2017 | އަންގާރަ 17:58
ބޭސްފިހާރައަކުން މީހަކު މާސްކް ގަންނަނީ

ބޭސްފިހާރައަކުން މީހަކު މާސްކް ގަންނަނީ

ހުއްދަ ނެތި ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށާއި އަދި އެފަދަ ވެކްސިން ބޭނުން ނުކުރުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެކުރުމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ ރާއްޖޭގައި މިދުވަސްވަރު އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން އިންފްލުއެންޒާ ވެކްސިން، ރާއްޖެއަށް ދަތުރުން އިތުރުވަމުން އަންނަ ކަމަށެވެ. މި ވެކްސިން ވަކިވަކި ފަރުދުން ވެސް ގެންނަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ހެލެތް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އިންފްލުއެންޒާ ވެކްސިންއަކީ އުފައްދާ ވަގުތުން ފެށިގެން ވެކްސިން ބޭނުން ކުރުމާ ހަމައަށް ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިހޫނު މިން ހުންނަ ތަނެއްގައި ބަހައްޓަން ޖެހޭ އެއްޗެކެވެ. މި ނޫން ގޮތަކަށް ގެންގުޅެފިނަމަ ވެކްސިން އަކީ ހަލާކުވާނެ އެއްޗެއް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ،

އެހެން ކަަމުން މިފަދަ ވެކްސިން ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއް ކަމެއް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ،

ވެކްސިން ގެނައުމުގައި އަމަލުކުރަންޖެހޭ މިންގަނޑުގައިވާ ގޮތުން، ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނަރ ގައި ހިމެނެންވާނެ ކަމަށް ހެލެތް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ، އެހެންކަމުން، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ގޮތްގޮތަށް އަދި އެކަމުގެ ހުއްދަ ނެތި ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށާއި މިފަދަ ވެކްސިން ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށް ހެލްތް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު