Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުމް ގޯސްވުން

ޔެލޯ އެލަަރޓް ނެރެ، ދަތުރު ނުކުރަން އިލްތިމާސްކޮށްފި

އެންމެ މޫސުން ގޯސްވާނީ މެދުރާއްޖެ ތެރެއަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 20:21
ބަޔަކު ވިއްސާރައިގާ ޖެހިފައި: މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި

ބަޔަކު ވިއްސާރައިގާ ޖެހިފައި: މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމު ގޯސްވެ، ޔެލޯ އެލަރޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ޔެލޯ އެލަރޓް ނެރެފައިވަނީ އާދީއްތަ ދުވަހުގެރޭގެ 7:30 ން 10:30 އާ ހަމައަށް ނ އަތޮޅާއި ވ އަތޮޅާ ދެމުގެ ހިސާބު ތަކަށެވެ.

Advertisement - newsAdvertisement

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ. އަދި ނ އަތޮޅާއި ވ އަތޮޅާ ދެމެދުގެ ހިސާބުތަކަށް ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މޫސުމް އެންމެ ގޯސްވާނީ މެދުރާއްޖެ ތެރެއަށް ކަމަށާއި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އެދެމުން މިދަނީ ދަތުރުނުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

މި ވިއްސާރައިގައި އާދީއްތަ ދުވަހުގެ ރޭ އިރުއޮއްސެން ކައިރިވެފައިވަނިކޮށްވެސް ވަނީ ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ހިނގާފަ އެވެ.

އެގޮތުން ސަމަރ އައިލެންޑުން ފުރައިގެން 27 ފަތުރުވެރިންނާއެކު ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުންދިޔަ ލޯންޗަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ އެލޯންޗް ސަމަރއައިލެންޑުން ފުރައިގެން ކ ތުލުސްދޫއާ ހަމައަށް އައިތަނާ ކަމަށެވެ. އަދިއ ެލޯންޗުގައި ތިބި ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއްގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ސަމާ އައިލެންޑުން ފުރި ލޯންޗްގައި ތިބި ފަތުރުވެރިންނާއެކު ޖުމުަލަ 33 މީހުން ވެލާނާ އެއާޕޯޓަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް "ފާތިމާ" ނަމަކަށް ކިޔާ ސަފާރީ އަކަށް ދިޔަވަމުންދާތީ އެކަމުގެ ރިޕޯޓްވެސް މިއަދު ލިބިގެން މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ދަނީ ޕަމްޕް ބޭނުންކޮށްގެން އެސަފާރީން ދިޔަ ހިއްކަމުންނެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމްގެ ވިއްސާރައިގާ ކަނޑުމަތީގެ ހާދިށަތައް ހިނގަމުންދާ ދުވަސްވަރެކެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު