Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 19،000ށް

މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދަށްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ފެބުރުއަރީ 2021 | އަންގާރަ 18:28
ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަނީ

ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކު އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަނީ

ކޮވިޑް-19އަށް އިތުރު 108 މީހަކު ޕޮޒިޓިވްވެ، ވައިރަސް ޖެހުނު މީހުންގެ އަދަދު 19،000ށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެ އިރު އޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ށް މުޅި ރާއްޖެއިން 4388 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވާ އިރު، މީގެ ތެރެއިން ޕޮޒިޓިވްވީ 108 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 108 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 76 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 12 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 20 މީހެކެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އަދަދުތަކަށް ބަލާއިރު، 167 މީހަކަށް އަދިވެސް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަށް ބަދަލެއް ނާންނަކަން ވަނީ ފާހަގަކޮށްފައެވެ. ހޯމަ ދުވަހުގެ 108 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް 19،038 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 16،542 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން ކަރަންޓީން އަދި އައިސޮލޭޓް ކުރެވިފައިވަނީ 2429 މީހެކެވެ. އަންގާރަ ދުވަހު 191 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުންނެވެ. އެގޮތުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ 4777 ޒުވާނުން ޕޮޒިޓިވްވެފައިވާ އިރު، 31 އަހަރާއި 40 އަހަރާއި ދެމެދުގެ 4814 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތް ވެސް ގިނައެވެ. އެގޮތުން ތުއްތު އުމުުރުފުރާއިން 10 އަހަރާއި ދެމެދުގެ 1638 ކުދިން ޕޮޒިޓިވްވެފައިވާ އިރު، 11 އަހަރާއި 20 އަހަރާއި ދެމެދުގެ 1523 ކުދިންނާއި ޒުވާނުން ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާ އިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހުރީ ސްޓޭބަލް ވަރެއްގައި ކަމަށާއި، ދަށްވަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ ތިން ވަނަ ރާޅާއެކު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުން ނަތީޖާ ފެންނާނީ ގާތްގަނޑަކަށް ދެތިން ހަފްތާ ފަހުން ކަމަށެވެ. އަދި މި ހިނގަމުންދާ ހަފްތާ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބަދަލެއް ގެންނަ ނަމަ އެ މައުލޫމާތެއް ހާމަކުރައްވާނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު