Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބިއެލްސާގެ އެއްބަސްވުން އާކުރުން

ސީޒަން ނިމުމުގެ ކުރިން އެއްބަސްވުމާ މެދު ބިއެލްސާ ގޮތެއް ނިންމަނީ

23 ފެބުރުއަރީ 2021 | އަންގާރަ 16:33

ލީޑްސްގެ އޯނަރު ވަނީ ބިއެލްސާ އެ ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ފެބުރުއަރީ 2021 | އަންގާރަ 16:33
ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

ލީޑްސް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ

މި ސީޒަން ނިމުމުގެ ކުރިން ލީޑްސް ޔުނައިޓެޑުގެ އެއްބަސްވުން އާކުރުމާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށް އެ ޓީމުގެ ކޯޗު އާޖެންޓީނާގެ މާސެލޯ ބިއެލްސާ ބުނެފިއެވެ.

އެންމެ ފުރަތަމަ ބިއެލްސާ ލީޑްސްއާ ހަވާލުވީ 2018 ވަނަ އަހަރު، އެ ޓީމު އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގައި އޮއްވައެވެ. އަދި މިދިޔަ ސީޒަނުގައި ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސްއިން ވަނީ 16 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައެވެ. އެހެންކަމުން ލީޑްސްއިން ވަނީ މި ސީޒަނުގެ ނިޔަލަށް އުމުރުން 65 އަހަރުގެ ބިއެލްސާ އެ ޓީމުގައި ބެހެއްޓުމަށް ނިންމާ އެއްބަސްވުން އާކޮށްފައެވެ.

މި ސީޒަން ނިމުމުން ބިއެލްސާގެ އެއްބަސްވުން ހަމަވާއިރު، ލީޑްސްގެ އޯނަރު އަންދްރެއާ ރަޑްރިޒާނީ ދާދި ފަހުން ވަނީ އެ ޓީމުގައި ބިއެލްސާ އިތުރު ސީޒަނަކު މަޑުކުރުވަން ބޭނުންވާ ކަމަށް ބުނެފައެވެ. އެކަމަކު އަދި މިހާތަނަށް އެއްބަސްވުން އާކުރަން ބިއެލްސާ ނިންމާފައި ނުވާއިރު، ދާދި ފަހުން އޭނާ ބުނީ މި ސީޒަން ނިމުމުގެ ކުރިން އެއްބަސްވުން އާކުރުމާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށާއި، އެކަމަކު އަދި އެ ނިންމުން ނިންމަން އަވަސް ކަމަށެވެ. އަދި ލީޑްސްގެ އެއްބަސްވުމުގައި ހުރި ހިނދަކު އެހެން ޓީމަކާ މަޝްވަރާ ނުކުރާނެ ކަމަށްވެސް ބިއެލްސާ ވަނީ ބުނެފައެވެ.

ބިއެލްސާގެ އެއްބަސްވުން އާކުރަން ލީޑްސްއިން މަސައްކަތްކުރަމުން އަންނައިރު، ހައި ޕްރެސް އެޓޭކިންގ ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ބިއެލްސާ އަންނަނީ ލީޑްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިއެލްސާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ އީއެފްއެލް ޗެމްޕިއަންޝިޕް ލީޑްސްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މީގެ ކުރިން އާޖެންޓީނާ އާއި ޗިލީއަށްވެސް އިރުޝާދުދިން ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސްއިން މިހާތަނަށް ކުޅުނު 126 މެޗުގެ ތެރެއިން 66 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް