Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނާސާގެ މާސް މިޝަން

61 އަހަރު ތެރޭ މާސްއަށް 49 މިޝަން، އެންމެ ކާމިޔާބީ މި ދަތުރު!

ނާސާގެ މި މިޝަނަކީ 2.7 ބިލިއަން ޑޮލަރުގެ މިޝަނެއް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2021 | އަންގާރަ 14:51
ނާސާއިން މާސްގައި ކުރިޔަށް ގެންދާ މިޝަންގެ ތެރެއިން އެ އިދާރާގެ ޖައްވީ އުޅަނދު ޕާސަވިއަރެންސް ރޯވާ މާސްއަށް ޖައްސަނިކޮށް

ނާސާއިން މާސްގައި ކުރިޔަށް ގެންދާ މިޝަންގެ ތެރެއިން އެ އިދާރާގެ ޖައްވީ އުޅަނދު ޕާސަވިއަރެންސް ރޯވާ މާސްއަށް ޖައްސަނިކޮށް

"ދަތި އުނދަގޫ އެހެނަސް ކާމިޔާބު މިޝަނެއް، ނާސާގެ މުވައްޒަފުންގެ ބުރަ މަސައްކަތް" މިއީ ނާސާގެ ސިސްޓަމް އިންޖިނިއަރ އަލް ޗެއިން މާސްއަށް ނާސާގެ އުޅަނދު ކާމިޔާބުކަމާއެކު ޖެއްސުމާއި ގުޅިގެން ދުނިޔޭގެ މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވި ވާހަކައެވެ.

ނާސާއިން 1960ހުގެ ފަހުން މާސްގައި 49 މިޝަނެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އެކަމަކު މިޝަންގެ ކޮންމެވެސް ހިސާބަކުން ނާސާއަށް ކުރިމަތިލާން ޖެހެނީ ނާކާމިޔާބީއާއެވެ. މީގެ ކުރިންވެސް ނާސާގެ އުޅަނދެއް މާސްގައި ޖައްސައިފައިވެއެވެ. އެހެންނަމަވެސް އުޅަނދު ޖެއްސި ވަގުތު ލޭންޑިން ގިޔަރއަށް ދިމާވި މައްސަލައެއްގައި އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

މި ހަފުތާގައި ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީއަކަށްވީ ނާސާގެ ޖައްވީ އުޅަނދު "ޕާސަވިއަރެންސް ރޯވާ" މާސްގެ ބިމުގައި ކާމިޔާބުކަމާއެކު ޖެއްސި ޚަބަރެވެ. އެއާއިއެކު ނާސާގެ މި މިޝަނަށް މުޅި ދުނިޔޭގެ ލޯ ހުއްޓުނު ކަހަލައެވެ. މާސްގައި ދިރުމެއްވޭތޯ އާއި ދުނިޔޭގެ ބިމާއި މާސްއާ ހުރި އެއްގޮތް ކަމަކީ ކޮބައިތޯ މީސްމީޑިއާގައި ސުވާލު އުފައްދަން ފެށިއެވެ. އެހުރިހާ ސުވާލެއްގެ ޖަވާބު ނާސާއިން ހޯމަ ދުވަހުގެ ރޭ ވަނީ ދީފައެވެ.

ހޯމަ ދުވަހުގެ ރޭ ނާސާއިން ދުނިޔޭގެ މީޑިއާއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާސާގެ ސައިންސް ޓީމުގެ ޑެޕިއުޓީ ޕްރޮޖެކްޓް ސައިންޓިސްޓް ކެން ވިލްފޯޑް ވިދާޅުވީ މިއީ ފާއިތުވި  10 އަހަރުގެ ތެރޭގައި މާސްގައި ނާސާއިން ހިންގާ އެންމެ ކާމިޔާބު މިޝަން ކަމަށާއި، ނާސާގެ ޖައްވީ އުޅަނދު އެނބުރި ދުނިޔެ އަންނައިރު މާސްއިން ގައު، ވެލި އަދި ކުނޑި ފަދަ ތަކެތި ގެންނާނެ ކަމަށެވެ. އަދި މިހާރު ލިބިފައިވާ ފޮޓޯތަކުން މާސްގެ ބިމާއި ދުނިޔޭގެ ބިން އެއްގޮތް ކަމަށް ބެލެވޭ ކަމަށެވެ. އަދި މާސްގެ ބިމުގައި މީގެ އެތައް އަހަރެއް ކުރިން އަލިފާން ރޯވެފައި ހުރިކަމާއި، ފެން ހެދިފައި ހުރި ކަމުގެ ނިޝާންތައްވެސް ފޮޓޯތަކާއި ވީޑިއޯ ތަކުން އެނގެން ހުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމުގެ އަސްލު ޔަގީން ކުރެވޭ ވަރުވާނީ، މާސްގެ ބިމުން ސާމްޕަލްތައް ނަގައި، ދުނިޔެއަށް ގެނެސް އިތުރަށް ތަހުލީލު ކުރުމުން ކަމަށް ކެން ވިލްފޯޑް ވިދާޅުވެފައިވެއެވެ.

ދެން އާންމުން އެންމެ ބޮޑަށް އުފެއްދި ސުވާލަކީ މާސްގެ ބިމުގައި ނާސާގެ އުޅަނދު ޖެއްސި ވަގުތު އުޅަނދަށް އެއްވެސް ގެއްލުމެއްވީތޯއެވެ. މީގެކުރިން ނާސާއިން ހިންގި މިޝަންގައި ނާސާގެ އުޅަނދުގެ ލޭންޑިން ގިޔަރުގެ މައްސަލައެއް ޖެހި މިޝަން އޮތީ ފެއިލް ވެފައެވެ. އެ ސުވާލުގެ ޖަވާބުގައި ނާސާގެ އިންޖިނިއަރިން ޓީމުގެ އޮފިޝަލް ވިދާޅުވީ މާސްއަށް ޖައްވީ އުޅަނދު ޖެއްސުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށާއި، ނަމަވެސް މުޅި މިޝަން ކާމިޔާބުވި ކަމަށް ގަބޫލު ކުރާނީ ޖައްވީ އުޅަނދު އެނބުރި ދުނިޔެ އައުމުން ކަމަށެވެ. އަދި ޖައްވީ އުޅަނދު މާސްގެ ބިމުގައި ޖެއްސިއިރު އުޅަނދަށް އެއްވެސް ގެއްލުމެއްވި ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާސާގެ މި މިޝަނަކީ 2.7 ބިލިއަން ޑޮލަރުގެ މިޝަނެކެވެ. ނާސާއިން ބުނީ މި މިޝަން ނިމޭއިރު ކުރިން ނޭނގޭ އެތައް ސުވާލެއްގެ ޖަވާބު ލިބިގެންދާނެ ކަމަށެވެ. ނާސާއިން ބުނީ މިހާތަނަށް އައިރު ޕާސަވިއަރެންސް ރޯވާ، މާސްގެ ބިމުގެ 80 ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، އަދި 2 ކިލޯގެ ސާމްޕަލް މިހާތަނަށް އެއްކުރެވިފައިވާ ކަމަށެވެ.  ޕާސިވިއަރެންސް ރޯވާގެ މިނީ ހެލިކޮޕްޓަރ (ޑްރޯން)ގެ ޒަރިއްޔާއިން މާސްގެ ޖައްވުން ވީޑިއޯއާ ފޮޓޯ އެއްކުރަމުން އަންނަ ކަމަށާއި އާންމުންނަށް މި ފޮޓޯތައް ލައިވްކޮށް ހިއްސާ ކުރާނެ ކަމަށްވެސް ނާސާއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

13 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު