Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރައިވެޓް ސްޕޭސްވޯކް

ފުރަތަމަ ޕްރައިވެޓް ސްޕޭސްވޯކް ބިލިއަނަރަކާއި އިންޖިނޭރެއް ފުރިހަމަ ކޮށްފި

ބިލިއަނަރ ޖެރެޑް އިސާކްމަން އަދި ސްޕޭސްއެކްސް ގެ އިންޖިނިއަރ ސާރާ ގިލިސް ވަނީ ޖައްވީ ހިނގުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ސޫޓްގައި ބުރާސްފަތި ދުވަހު ސްޕޭސްއެކްސް އުޅަނދުން ބޭރަށް ނުކުމެ ޖައްވުގައި ހިނގާ ޖައްވުގައި 1 ގަޑިއިރާ 46 މިނެޓް ހޭދަކޮށްފަ

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2024 | ހުކުރު 03:43
އެމެރިކާގެ ފިންޓެކް ބިލިއަނަރު ޖާރެޑް އިސާކްމަން ޖައްވުގެ ތެރެއަށް ނުކުންނަނީ. މިއީ ސްޕޭސްއެކްސް ޕޮލާރިސް ޑޯން މިޝަންންގެ ފަޅުވެރިން ހެދި ސްޕޭސްވޯކްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ

އެމެރިކާގެ ފިންޓެކް ބިލިއަނަރު ޖާރެޑް އިސާކްމަން ޖައްވުގެ ތެރެއަށް ނުކުންނަނީ. މިއީ ސްޕޭސްއެކްސް ޕޮލާރިސް ޑޯން މިޝަންންގެ ފަޅުވެރިން ހެދި ސްޕޭސްވޯކްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ

ބިލިއަނައަރަކާއި އިންޖިނޭރަކު ފުރަތަމަ ޕްރައިވެޓް ސްޕޭސްވޯކް ފުރިހަމަ ކޮށްފިއެވެ.

ބިލިއަނަރ ޖެރެޑް އިސާކްމަން އަދި ސްޕޭސްއެކްސް ގެ އިންޖިނިއަރ ސާރާ ގިލިސް ވަނީ ޖައްވީ ހިނގުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ސޫޓްގައި ބުރާސްފަތި ދުވަހު ސްޕޭސްއެކްސް އުޅަނދުން ބޭރަށް ނުކުމެ ޖައްވުގައި ހިނގާފައެވެ. މި ދެމީހުން ވަނީ ޖައްވުގައި 1 ގަޑިއިރާ 46 މިނެޓް ހޭދަކޮށްފައެވެ.

'ސްޕޭސްއެކްސް ޕޯލާރިސް ޑޯން މިޝަން" ގެ މަންޒަރުތައް ވަގުތުން ދައްކަމުން ދިޔަ ބުރާސްފަތި ދުވަހުގެ މި ތާރީޚީ އިވެންޓްގައި ޑްރެގަން ސްޕޭސް ކްރާފްޓުން ބޭރަށް ފުރަތަމަ ނުކުތީ ބިލިއަނަރު ޖެރެޑް އިސާކްމަންއެވެ. އޭނާ އުޅަނދުން ނުކުތްތާ 15 މިނެޓް ފަހުން ސާރާ ގިލިސް އުޅަނދުން ނުކުތް މަންޒަރު ފެނުނެވެ.  

އިސާކްމަން އުޅަނދުން ބޭރަށް ނުކުމެ "މިތަނުން ބަލާއިރު ދުނިޔެ ފެންނަނީ ވަރަށް ފުރިހަމަ ތަނެއްގެ ގޮތުގައި،" ކަމަށް ބުންޏެވެ.

މި ބާވަތުގެ ޖައްވީ ދަތުރުތަކަކީ މިހާތަނަށް ސަރުކާރުތަކުން ޚަރަދުކޮށްގެން އެސްޓްރޯނަޓުންނަށް އެކަނި ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުން މި ދަތުރާ އެކު ބަދަލުވެފައި ވާއިރު، މި ދަތުރަށް ޚަރަދުކޮށްފައިވަނީ ދަތުރުގެ އެއް ބައިވެރިޔާ އިސާކްމަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލައިވްކޮށް ދެއްކި ވީޑިއޯ އިން ފެންނަނީ ހުދުކުލައިގެ ޑްރެގަން ކެޕްސިއުލް އިން ދެ ކްރޫ މެންބަރުން ބޭރަށް ނުކުމެ، ތިރިން ނޫކުލައިން ފެންނަ ދުނިޔޭގެ 435 މޭލު (700 ކިލޯމީޓަރު) މަތިން ޖައްވުގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރެވެ. މިހާ އުހުގައި އަދި މިހާތަނަށް ސްޕޭސްވޯކް އެއް ކުރިއަށް ގެންދެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެސިލިއަންސް އުޅަނދު ދުނިޔެއިން ނައްޓާލީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އަންގާރަ ދުވަހު ސްޕޭސްއެކްސް ރޮކެޓެއްގައެވެ. އުޅަނދުގައި ހަތަރު ކްރޫ މެމްބަރުން ވަނީ ދަތުރުކޮށްފައެވެ.

މި މިޝަނުން ބުނެފައިވަނީ އުޅަނދު 870 މޭލު (1،400 ކިލޯމީޓަރު) އުހަށް ދަތުރުކުރާނެ ކަމަށެވެ. މިއީ ނާސާގެ އެޕޮލޯ ޕްރޮގްރާމް 1970 ގެ އަހަރުތަކުގައި ނިމުމަކަށް އައިފަހުން މިހާ އުހަށް ޖައްވީ އުޅަނދެއްގައި އިންސާނުން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

ނޮން-ޕްރޮފެޝަނަލް އެސްޓްރޯނަޓުން ޖައްވީ ދަތުރުތަކުގައި ބައިވެރިކުރުން އިތުރުކުރުމަށް އިސާކްމަން އަދި އީލޮން މަސްކް ފަދަ މަހުޖަނުން ބޭނުންވަނީ މިފަދަ ޕްރައިވެޓް ދަތުރުތައް އިތުރަށް ފުޅާ ކުރުމަށެވެ. އެހެން ނަމަވެސް މިފަދަ ދަތުރުތަކުގެ އަގުބޮޑު ކަމާއެކު އެދުވަސް އޮތީ އަދި ވަރަށް ދުރުގައި ކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު