Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

މޮނާކޯ އަތުން ޕީއެސްޖީ ބަލިވެއްޖެ

ތާވަލުގެ ތިންވަނައިގައި ޕީއެސްޖީ އޮތީ 54 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ފެބުރުއަރީ 2021 | އާދީއްތަ 22:30
ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮނާކޯ މޮޅުވީ 2-0 ން

ޕީއެސްޖީ އާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މޮނާކޯ މޮޅުވީ 2-0 ން

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މޮނާކޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު މޮނާކޯއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ސުފިއަން ޑިއޮޕެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ގިލޭމޯ މާރިޕަން ވަނީ އިތުރު ލަނޑެއް ޖަހައި މޮނާކޯއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މޮނާކޯގެ ގޯލާ އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. އެގޮތުން ދެވަނަ ހާފުގައި ޕީއެސްޖީގެ މޮއިސް ކީން ބޮލުން ފޮނުވާލި ހަމަލާއެއް މޮނާކޯގެ ގޯލްކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 26 މެޗުން ލިބުނު 54 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 26 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިޔޯނަށް 26 މެޗުން ވަނީ 55 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ ބަލިކުރި މޮނާކޯ އޮތީ ތާވަލުގެ ހަތަރުވަނައިގައި 26 މެޗުން 52 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު