Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު - އިދިކޮޅުން އިންޑިއާގެ އެހީއަށް އެދުނ

ދުރުވާން މަސައްކަތް ކުރިޔަސް އިތުރަށް ހަމަ ގާތޭވެވެނީ

އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް އަރައިގަންނަ ވާހަކައަކީ އިދިކޮޅުގެ އާންމު ވާހަކަތަކެއް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2021 | އާދީއްތަ 14:26
އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރއާއި ބައްދަލު ކުރެއްވުން

އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރއާއި ބައްދަލު ކުރެއްވުން

އިދިކޮޅު ކޯލިޝަނުގެ މިސްރާބެއް ނެތް ވާހަކަ އެއީ އާންމުން އަބަދުވެސް ދައްކާ ވާހަކައެކެވެ. ދެ ފަހަރު ހަމައަށް އެކައްޗެއް ނުކިޔާ ވާހަކައަކީ ވެސް އާންމު ވާހަކައެކެވެ. އެކަމުގެ ހެއްކަކީ އެއް ދުވަހު "އިންޑިއާ އައުޓް" އަނެއް ދުވަހު "އިންޑިއާ އިން" އޭ ކިޔާ ކިޔުމެވެ.

އޭރު އިންޑިއާ ގޯހެވެ. އެކަމަކު މިއަދު އިންޑިއާ އެވެރިންނަށް އޯކޭ ވެއްޖެއެވެ. އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް އަރައިގަންނަ ވާހަކައަކީ އިދިކޮޅުގެ އާންމު ވާހަކަތަކެކެވެ. އިދިކޮޅުގެ މިސްރާބު މިއަދު ހަމަ ރަނގަޅަށްވެސް އޮޅިއްޖެއެވެ. އިދިކޮޅުގެ ލީޑަރުންނަކީ އޮޅިގެން ކަންކަން ކުރެވޭ ބަޔަކަށް ވުމުން އެހެން އެކަން ވެދާނެއެވެ.

އާދީއްތަ ދުވަހު ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުޚީއަކަށްވީ އިދިކޮޅުގެ ލީޑަރުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަމް ޖައިޝަންކަރާއި ބައްދަލުކުރި ޚަބަރެވެ. މި ބައްދަލުވުމުގައި އިދިކޮޅު ލީޑަރޝިޕްގެ އިސްވެރިން ބައިވެރިވިއިރު އިދިކޮޅުން އިންޑިއާގެ ކިބައިން އެދުނު އެންމެ ބޮޑު އެދުމަކީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޑިމޮކްރަސީއަށް އިންޑިއާގެ އެހީ ދިނުމަށެވެ.

މިއީ އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަންނަވާ ގޮތްތޯވެސް ސުވާލު އުފެދެއެވެ. ސަބަބަކީ ރައީސް ޔާމީން ވަނީ އެކި ހަފްލާ ތަކުގައިއާއި ޖަލްސާ ތަކުގައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ގައުމުތަކުން ވަދެ ހެދުމާއި ދެކޮޅު ހައްދަވައިފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެހެން ގައުމަކުން ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހުމުން އެގައުމަކާއި ގުޅުން ކަނޑާލާ ހިސާބަށްވެސް ދިޔައެވެ.

އާދީއްތަ ދުވަހު އިދިކޮޅު ކޯލިޝަނުން އިންޑިއާގެ ހާރިޖީ ވަޒީރާއިއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީންގެ ހައްގުތައް ގެއްލޭ ކަމަށް ބުނެފައެވެ. އަދި އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ނުހައްގުން ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނަށް ނުހައްގުގެ މާނަ ވެސް އޮޅިއްޖެއެވެ. ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށް، ހައި ކޯޓުން ތާޢީދުކޮށްފައިވާ ހުކުމެކެވެ.

"ދުރުވާން މަސައްކަތް ކުރިޔަސް އިތުރަށް ހަމަ ގާތޭ ވެވުނީ"

ތި ހަނދާން ފުހެވޭތޯ ބެލިޔަސް އިތުރަށް ހަމަ ގާތޭ ވެވުނީ"

އިދިކޮޅުގެ މަސައްކަތްތައް މިހާރު މި ފެންނަނީ ޅެންވެރިޔާ އެބުނާ ބީދައިންނެވެ. އިންޑިއާއާ ދުރުވާން ކިޔަންމެ ވަރަކަށް އިދިކޮޅުން މަސައްކަތް ކުރި ނަމަވެސް މި ފެންނަނީ އިދިކޮޅުން އިންޑިއާއާ އެއް މޭޒެއްގައި ތިބެ އިންޑިއާގެ އެހީއަށް އެދޭ މަންޒަރެވެ. އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ހަނދާނުން ފުހެލާން ވިސްނި ނަމަވެސް އެ ހަނދާން އިދިކޮޅު ކޯލިޝަނަށް ފުހެނުލެވޭ މަންޒަރެވެ. އަދި ދެއިރު ދެދަޅައަށް މުޒާހަރާކޮށް އިންޑިއާ މަތިން ރައްޔިތުން ފޫހިވޭތޯ މަސައްކަތް އެވެރިން ކުރިނަމަވެސް މި ފެންނަނީ އެވެރިންނަށް އިންޑިއާ ކައިރިއަށް ނުގޮސް ނުވާ މަންޒަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު