Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައްޔިތުން ބަތާއި ގަރުދިޔަ. ސަރުކާރު ފޮނި ހަލުވާ ކައި ގަހުވަ ބޮއެގެން ނާޗަރަންގީގައި

ރައީސް ޑރ މުއިއްޒުގެ ކޮއްކޯފުޅު ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް އެގޮވާލެއްވީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. ރީތިކޮށް އެވިދާޅުވީ ރައްޔިތުން ޖެހޭނެ ނިކަމެތި ހާލެވެ. އެއްކޮޅުން ސަރުކާރުގެ ވަޒީރުން ބަނގުރޫޓެއް ނުވާނެޔޭ، ލާރި ގެންނާނަމޭ ބުނެ ރައްޔިތުން ހައްލަމުން ދިޔަޔަސް ރައީސްގެ ކޮއްކޯފުޅު އެވިދާޅުވަނީ ސަރުކާރުގެ އަސްލެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ޖުލައި 2024 | ހޯމަ 09:15
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ މުއިއްޒުގެ ކޮއްކޯފުޅު ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފް އެގޮވާލެއްވީ އާދައިގެ ވާހަކަފުޅެއް ނޫނެވެ. ރީތިކޮށް އެވިދާޅުވީ ރައްޔިތުން ޖެހޭނެ ނިކަމެތި ހާލެވެ. އެއްކޮޅުން ސަރުކާރުގެ ވަޒީރުން ބަނގުރޫޓެއް ނުވާނެޔޭ، ލާރި ގެންނާނަމޭ ބުނެ ރައްޔިތުން ހައްލަމުންދިޔަޔަސް ރައީސްގެ ކޮއްކޯފުޅު އެވިދާޅުވަނީ ސަރުކާރުގެ އަސްލެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި އަލީ އާރިފު ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިން މި ވަގުތު ކުރާ މަސައްކަތަށް ކުޑަ ޖާގައެއް ދިނުމަށް އަލީ އާރިފު ގޮވައިލެއްވި އެވެ. އެކަމަށްޓަކައި ބޭކާރު ހޭދަތައް ބޮޑުތަނުނުން ކުޑަކޮށްފިނަމަ، ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، އޭރުން ރައްޔިތުން ބޭނުންވާ ކަންކަން ކުރެވިގެންދާނެ ކަމަށް އަލީ އާރިފު ވިދާޅުވި އެވެ.

ކަންކަން ހުރިގޮތް ރައީސް އޮފީސް ތެރެއިން އެންމެ ގާތުން އެނގޭނެ އެއް ވަޒީރުގެ އެބަހުން ލައްކަ ވާހަކަ އެބަ ބުނެދެއެވެ. ރައްޔިތުން ވެއްޓޭން އުޅޭ ނިކަމެތިކަމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ނިކަމެތި ހާލެވެ. އަލީ އާރިފް ދުރާލާ އެގޮވާލީ ރައްޔިތުން ސަމާލުވުމަށެވެ. ސަރުކާރުން އަޅަން އުޅޭ ފިޔަވަޅުތަކަށް ތައްޔާރުވުމަށެވެ. އެވިދާޅުވާ "ހިތި ބޯސް ބުއިމަށް" ފެންތައްޓަކާއެކު ކޮޅުފިލާ ގޮނޑިއެއްގައި އަރިބިތަށް އިށީނުމަށެވެ.

އަލީ އާރިފް މިހެން ވިދާޅުވުމާއެކު އާއްމު ރައްޔިތުން އެވަނީ ރަތަށް އަރާފައެވެ. އެކި އެކި ގޮތްގޮތައް ޝުއޫރުތައް ފާޅުކުރަމުން ގެންދަނީ ފަތުއަޑު ކިޔާފައެވެ. އެވާހަކަ ކުށްވެރިކޮށްފައެވެ. ސަރުކާރު މެނޭޖް ކުރަން ނޭނގި ބޮޑުތަނުން ފެއިލްވެފައިވާ ވާހަކައެވެ. ސަރުކާރުގެ ޚަރަދުބޮޑު ވާހަކައާއި ސަރުކާރުގެ ވެރިން އުޅޭ ޗާލާކީ ކަމުގެ ވާހަކައިންނެވެ.

"ރައްޔިތުންނަށް އުޅެވޭނެ ގަރުދިޔައާ ބަތާ ކައިގެން ވެސް. މައްސަލައަކީ އަހަރެމެންނަށް މަގޫފަތް ދީފަ ކަލޭމެންނަށް ކުކުޅު ބިރިޔާނި ނޫން އެއްޗެއް ނުދިރޭތީ. ރައްޔިތުން ތިބޭނީ އަބަދުވެސް ގަނަތެޅިތެޅި" އެކަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ކުރީގެ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ގޮތުން ރައްޔިތުން އާދައިގެ ދިރިއުޅަމަކަށް ބަދަލުވާން ޖެހޭ ކަމަށް ބުނުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ވެރިން ތިރިވާންޖެހޭ ކަމަށެވެ.

"ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ގަބޫލުކުރާނެ" އަނީސާ ލިޔުއްވާފައިވެ އެވެ.

އަނީސާއަކީ މިފަދަ ކަންކަމުގައި ސިޔާސީ ގޮތުން އާއްމުކޮށް ބަސްވިދާޅުވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެކަމަނާގެ މިފަހަރުގެ އެވާހަކައިން ރައްޔިތުންގެ އިހްސާސްތައް ކިތައްމެހާވެސް ރަނގަޅަކަށް ބުނެދީފިއެވެ.

ވާނީވެސް އެހެންތާއެވެ. ޚަރަދު ކުޑަކުރަންވީ ރައްޔިތުންނެވެ. ރަށްރަށް ހިންގަން ރައްޔިތުން ހޮވާފައިތިބި ކައުންސިލް ތަކުންނެވެ. ކަންކަން ނުކޮށް ހުއްޓާލާންވީ ރަށްރަށުގައެވެ. ހުއްޓި ކުރިއަށް ނުގޮސްފައިހުރީ ރައްޔިތުންގެ ކަންކަމެވެ. ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތަކެވެ. އެކަމަކު ސަރުކާރުގެ ޚަރަދުތައް މެކުހުގައެވެ. ސުމާރެއްނެތި ބޭނުންވާހާ ބަޔަކަށް ސިޔާސީ މަގާމްތައް ދެނީއެވެ. ޕޮލިޓިކަލް ޑައިރެކްޓަރުން ފެށިގެން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ކުންފުނިތަކަށް ގުނާ އަދަދު ނުކުރާވަރުގެ ސިޔާސީ މަގާމްތަކެވެ. އެތައް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެކެވެ. އެވެރިންނަށް ތައްޔާރުކުރެވޭ ކެބިންތަކާއި އަގުބޮޑު ގޮނޑި މޭޒުތަކެވެ. ކޮޓަރިކޮޅުތަކުގައި އަޅާ ރީތި އަގުބޮޑު ކާޕެޓްތަކެވެ. މިކަންކަމުގައި ކުޑައިކޮށްވެސް ބަލާލުމެއްނެތެވެ. ބަޖެޓްގައި ފައިސާނެތިގެން ފަސްޖެހުމެއްވެސް ނެތެވެ. ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ފުރަފުރައިގެން ބޭރުގައެވެ. ސަރުކާރުގެ މާލީ ހާލަތެއް އެކަމަކުން ފަހުމެއް ނުވެއެވެ. ބާއްވާ ބޮޑެތި އުފާފާޅުކުރުމުގެ ހަފްލާތަކެވެ. ނާޗަރަންގީއަށް ދުއްވާލެވޭ ގުނާ އަދަދު ނުކުރެވޭ ފައިސާއެވެ. ދަރަނީގައި އޮތް ކުންފުނިތަކުން އެކުންފުނިތަކުގެ ޕްރޮމޯޝަނަށާއި ސަރުކާރަށް ސަނާކިޔައިދޭ އޮންލައިން ނޫސްތަކަށާއި ޓީވީތަކަށްދޭ ބޮޑެތި އަދަދުތަކެވެ.

ކޮންމެއަކަސް މިހެންގޮސް ކިޔާނެކަމެއްނެތެވެ. ރައްޔިތުން އިނދަޖެހެނީއެވެ. ނިކަމެތިވެ ގޮތްހުސްވަނީއެވެ. އަނގަޔާއަތާ ދިމާނުވެދާނެ ދުވަސްތަކެއްގެ ކޮޅުމަތިފެނި ފިކުރުބޮޑުވަނީއެވެ. މިވެރިން ހާއުފަލުގައެވެ. ރައްޔިތުން  ބަތާއި ގަރުދިޔަ ކާން ގޮވާލަމުން ސަރުކާރުން ފޮނި ހަލުވާކައި ގަހުވަ ބޮއެގެން ނާޗަރަންގީ ކުޅުމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު