Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒައިދުގެ ޝަރީއަތް

ޒައިދުލް އަމީންގެ ޝަރީޢަތް މާދަމާރެއަށް ތާވަލްކޮށްފި

1 މެއި 2017 | ހޯމަ 20:14

ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 1 މެއި 2017 | ހޯމަ 20:14
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި

ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި

ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީކައުންސިލްގެ މެމްބަރު ޒައިދުލް އަމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީޢަތް އަންގާރަ ދުވަހުގެ ރެ އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޒައިދުލް އަމީންގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ޒައިދުގެ ޝަރީޢަތް ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:00 އަށް ކަމަށެވެ. މަހުފޫޒް ވިދާޅުވީ އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ޒަިއދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އަށް ވެސް ޒައިދު އިންކާރު ކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި ދައުލަތުން އެދުނީ ޝަރީޢަތް ނިމެންދެން ހޯމްމިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޒައިދުލް އަމީން ބެހެއްޓުމަށެވެ. އަދި ދައުލަތުން އެދުނު ގޮތަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރު އަހުމަދު ޝަކީލް ވަނީ އެގޮތަށް އަމުރު ނެރުއްވާފައެވެ.

ޒައިދުގެ މައްޗަށް ކުރަނީ ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމަށް މަސައްކަތް ކުރުމާއި، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމާއި ހުއްދަ ނޫންގޮތުގައި މައުލޫމާތު ހާމަކުރުމަށް މަސައްކަތް ކުރުމުގެ ދައުވާއެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން 16 ފަހަރު މުއްދަތު ޖެހުމަށްފަހު ޒައިދު މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ޒައިދަކީ ދެކަފިވެފައިވާ ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނަށް ނިސްވަތްވާ ރައީސް މައުމޫނުގެ ސަޕޯޓަރެކެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް