Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒައިދު ހައްޔަރު ކުރުން

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017 | ހުކުރު 20:12

ޒައިދުލް އަމީންގެ ތަހުގީގުގައި އޭސީޕީ ނަވާޒް ބައިވެރި ކޮށްގެން ނުވާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 24 ފެބުރުއަރީ 2017 | ހުކުރު 20:12
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި

ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ތަކުރާރުކޮށް މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ، ޕީޕީއެމް އަށް ނިސްބަތްވާ ކައުންސިލް މެންބަރު ޒައިދުލް އަމީން ދައްކަވާފައިވާ ވާހަކަތައް ތަހުގީގު ކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ޒައިދުލް އަމީން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، ޒައިދުލް އަމީނާ ސުވާލުކުރުމުގައި މިހާރުން ފެށިގެން އޭސީޕީ ބައިވެރި ކޮށްގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ވަގުތުން އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ޕޮލީސް ސާރވިސް އަށް ގޮވާލާ ކަމަށެވެ. އަދި ޒައިދުގެ ދިފާޢީ ވަކީލުގެ ޙާޒިރުގައި ނޫނީ ޒައިދުއާ ސުވާލު ނުކުރުމަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ، ޒައިދުލް އަމީން ކޮށްފައިވާ ތުހުމަތުތައް އިންސާފުވެރިކަމާ އެކު ތަޙުޤީޤްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ނޭޝަނަލް އިންޓަގިރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.

ޒައިދުލް އަމީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމް ގެ ރައީސްގެ އިސްތަށިފުޅުގައި ހަޤީޤަތާ ޚިލާފު ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ޒައިދުލް އަމީނާއި ފުލުހުން ސުވާލުކުރަމުން ދަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް، ޕީޕީއެމްގެ އޮފީސް ހ. ތެމާގެ ތަޅު ހަލާކުކޮށްލައިގެން ބަޔަކު ވަދެ އެތަނުގައި ހުރި ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުގެ ތެރޭގައި އެތަނުން ގެއްލުނު ކަމަށް ބުނާ ހާޑް ޑިސްކާ ބެހޭ ގޮތުންނެވެ.

ހަމައެހެންމެ ޕީޕީއެމް ގެ އޮފީހުން ގެއްލިފައިވާ ކަމަށް ބުނާ ހާޑް ޑިސްކް ވަނީ ޕީޕީއެމްގެ ރައީސް، ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށާއި، ރައީސް މައުމޫން ގެންދަވަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ދޮގު ބަޔާނެއް ދިނުމަށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒް ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށް ޒައިދުލް އަމީން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. އަދި މި ފަދަ ބަޔާނެއް ނުދީފި ނަމަ ދިއްގު މުއްދަތަކަށް ޒައިދުލް އަމީން ޖަލުގައި އޮންނާން ޖެހިދާނެ ކަމަށް ބިރު ވެސް ދައްކާފައިވާ ކަމަށް ޒައިދުލް އަމީންގެ ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް