Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމް މައުމޫން ފެކްޝަން

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

އޭނާ ގޭބަންދަށް ބަދަލުކުރީ މި މަހުގެ 2 ވަނަ ދުވަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2017 | އާދީއްތަ 16:51
ޒައިދުލް އަމީން ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލައެއްގައި

ޒައިދުލް އަމީން ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލައެއްގައި

ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ހައްޔަރުގައިހުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

ޒައިދުލް އަމީން ނިސްބަތްވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުންގެ ނައިބު ލީޑަރު އާމިނަތު ނާދިރާ ވިދާޅުވީ ޒައިދު މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު ގޭބަންދަށް ބަދަލުކޮށްފައި ބެހެއްޓުމަށްފަހު، އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކޮށް 10 ދުވަސް ޖަހާފައިވާކަމަށެވެ. އަދި އެ ދިހަ ދުވަހު ފުލުހުން ބޭނުން ތަނެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

ނާދިރާ ވިދާޅުވީ ޒައިދުލް އަމީން މިވަގުތު ބަހައްޓާފައި ހުރީ ގޭގައިކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައިކަމަށް ނާދިރާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފުލުހުން ޒައިދުން އަމީން ހައްޔަރުކޮށްފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޖެހިގެންއައި 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އަދި އޭގެފަހުން ޖެނުއަރީ 28 ވަނަ ދުވަހު ދެވަނަ ފަހަރަށް ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖަހާފައި ވެއެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ބްލެކްމެއިލްކުރި ކަމަށް ބުނާ މައްސަލައެއްގައި ޒައިދުލް އަމީންގެ ހައްޔަރުކޮށްފައިވީ ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ފުލުހުންގެ އިދާރާއިންވެސް އެކަމުގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ޒައިދުލް އަމީނަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރެވެ. އޭގެ އިތުރުން ޒައިދުއަކީ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. ޕީޕީއެމް ދެ ފެކްޝަނަށް ބެހުނުއިރު، ޒައިދު ހުންނެވީ ރައީސް މައުމޫނުގެ ފެކްޝަންގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު