Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލުނު ފައިސާ ހޯދުން

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

އެމްއެމްޕީއާރުސީން ބުނީ ފުަރަތަމަ ދައުވާއަށް ހާޒިރު ނެވުނީ ޗިޓް ނުލިބިގެން ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ފެބުރުއަރީ 2017 | އާދީއްތަ 04:44
އެމްއެމްޕީއާރުސީ: އެސްއޯއެފާ ދެކޮޅަށް ދެވަނަފަހަރަށް ވަނީ ދައުވާ އުފުލާފައި

އެމްއެމްޕީއާރުސީ: އެސްއޯއެފާ ދެކޮޅަށް ދެވަނަފަހަރަށް ވަނީ ދައުވާ އުފުލާފައި

ރާއްޖޭގެ ތާރީޚުގައި ހިނގި ބޮޑު ޚިޔާނާތުގައި ބައިވެރިވިކަމަށް ބެލެވޭ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ 165 މިލިއަން ރުފިޔާ ހޯދަން ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް އާދީއްތަ ދުވަހު ސިވިލް ކޯޓުގައި އަލުން ފަށާގޮތަށް ނިންމައިފ އ

އެމްއެމްޕީއާރްސީން ހާޒިރުނުވި ކަމަށް ބުނެ މި މަހުގެ ހަ ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެމައްސަލަ ބާތިލްކޮށްފައެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ކޯޓުން މައްސަލަ ބޭރު ކޮށްލީ އެ ކުންފުނިން ހާޒިރު ނުވެގެން ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ މައްސަލަ ކުރިން ބާތިލްކުރި ނަމަވެސް، ކޯޓުގައި ތާވަލް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށާއި އަދި މައްސަލައިގެ ޗިޓް ވެސް އެ އޮފީހަށް އޭރު ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން މައްސަލައިގެ ޗިޓް ނުލިބި ކޯޓަށް ހާޒިރުވާން ނޭނގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށްލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު(6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރާ މައްސަލައިގައި ފުރަތަމަ ފުރަތަމަ ކުރެވުނު ދައުވާގެ ޝަރީޢަތުގައި ބަޔާންތައް ބަދަލު ކޮށް ނިމިފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއިއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް(މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު