Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްްލެކްމެއިލްކުރުން

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

މައްސަލަ އިސްތިއުނަފުކޮށްފައިވަނީ މިއަދު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 ފެބުރުއަރީ 2017 | އާދީއްތަ 18:23
ޒައިދުލް އަމީން ކޯޓަށް ހާޒިރުކުރަނީ

ޒައިދުލް އަމީން ކޯޓަށް ހާޒިރުކުރަނީ

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޒައިދުލް އަމީންގެ ޤާނޫނީ ވަކިލް، މަހުފޫޖު ސައީދު، އިސްތިއުނާފުގެ މައްސަލަ އާދިއްތަ ދުވަހު ހައިކޯޓަށް ހުށައަޅުއްވާފައިވާއިރު، ޒައިދު ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު، ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް އިތުރުކޮށް މިހާރު ބަހައްޓާފައިހުރީ ދޫނިދޫ ޖަލުގަ އެވެ.

Advertisement - newsAdvertisement

ފުލުހުން ޒައިދުލް އަމީން ހައްޔަރުކޮށްފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޖެހިގެންއައި 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އަދި އޭގެފަހުން ޖެނުއަރީ 28 ވަނަ ދުވަހު ދެވަނަ ފަހަރަށް ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖަހާފައި ވެއެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

ޒައިދުލް އަމީންގެ މައްޗަށް ކުރަނީ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތު އެވެ.

ޒައިދުލް އަމީން ވިދާޅުވެފައިވާގޮތުގައި ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ ކަމަށްބުނެ، ހައްޔަރުކުރީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރެވޭފަދަ ބަޔާނެއް ހޯދުމަށް ކަމަށެވެ. ޒައިދުލް އަމީން ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮއްގެން އުޅެނީ ކޮންފަރާތް ތަކެއް ބްލެކްމެއިލް ކުރަންއުޅުނު ކަމުގެ ތުހުމަތުގައި ކަމެއް ފުލުހުންގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ.

ހައްޔަރުކުރި މައްސަލަ ސާފުނުވާއިރު ފަހުން ފުލުހުން މަސައްކަތްކޮށްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމުގައި ބުނެ ބަޔާނެއްދިނުމަށް ކަމަށް ޒައިދުލް އަމީން ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު