Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒައިދުލް އަމީންގެ މައްސަލަ

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

އިތުރު ފަރާތެއް ހައްޔަރުނުކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 18:24
ޒައިދުލް އަމީން ހައްޔަރުކޮށްގެން ގެންދަނީ

ޒައިދުލް އަމީން ހައްޔަރުކޮށްގެން ގެންދަނީ

ވީޑިއޯއެއް ބޭނުންކޮށްގެން ބަޔަކު ބްލެކް މެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ ކައުންސިލް މެންބަރު ޒައިދުލް އަމީން "ސިޔާސީ ހަތިޔާރެއް"ގެ ގޮތުގައި ސަރުކާރުން ބޭނުންކުރާތީ އޭނާއަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުން އާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިއްޖެއެވެ.

ޒައިދުގެ އަނބިކަނބަލުން ޝިޔާމާ މުހައްމަދު އެޗްއާރުސީއެމަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ޒައިދާމެދު ފުލުހުން ކަންކުރަމުން ގެންދާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. ޒައިދު ހައްޔަރުކުރީ އޭނާ އާއި އިތުރު ބަޔަކު ބައިވެރި ވެގެން، ވީޑިއޯއެއް ބޭނުންކޮށް ބްލެކްމެއިލް ކުރުމަށް ރާވައި، އެ ވީޑިއޯތައް މީޑިއާއަށް ދީގެން މާލީ ގޮތުންނާއި ސިޔާސީ ގޮތުން މަންފާތަކެއް ލިބިގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އެމައްސަލައިގައި އެބުނާ ވީޑިއޯއެއް އެއީ ކޮން ވީޑިއޯއެއް ކަމަށް ވެސް އެނގިފައި ނުވާ ކަމަށާއި އެތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށްވެސް ޒައިދު ބުނެފައިވާ ކަމަށާއި މިހާރު އެމައްސަލައިގެ ބާވަތަށް ބަދަލުތަކެއް ގެނެސް ސިޔާސީ ކަންތައްތަކެއް ކުރުމަށް ޒައިދުކައިރީގައި ފުލުހުން ބުނަމުންދާ ކަމަށެވެ.

ޝިޔާމާގެ ސިޓީގައި ބުނެފައިވާ ގޮތުގައި އިތުރު ބަޔަކު ބައިވެރިވެގެންކަމަށް ބުނާއިރު އެމައްސަލައިގައި މިއަދާހަމައަށްވެސް އިތުރު ފަރާތެއް ހައްޔަރުކޮށްފައެއް ނެތެވެ. ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަކަށް އުޅޭ ކަމަށް ބުނެ އެއްވެސް ފަރާތަކުން މިއަދާ ހަމައަށް ވެސް މައްސަލަ ޖައްސާފައި ނުވާ ކަމަށާއި އެ ބުނާ ވީޑިއޯއެއްގެ ވާހަކަ މީޑިޔާއަކުން ވެސް ދައްކާފައި ނުވާކަމަށް ޝިޔާމާ ވިދާޅުވެފައިވެ އެވެ.

"ހެކި ހޯދުމަށް ކަމަށް ބުނާއިރު ފުލުހުން ވަނީ ޒައިދުލް އަމީން ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކޮށް އެތަނުން ލެޕްޓޮޕެއް ގެންގޮސް އަދި ޒައިދުލް އަމީންގެ ފޯނުވެސް ވަނީ ހިފެހެއްޓިފައެވެ. އެތަކެތިން ފުލުހުން އެބުނާ ވީޑިއޯ ނުވަތަ މީހަކު ބްލެކްމެއިލް ކުރިކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ފެނިފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ޒައިދުލް އަމީންގެ ލޯޔަރުން ވަނީ ވިދާޅުވެފައި" ޒައިދުގެ އަނބިކަންބަލުން އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ހެކި ނައްތާލާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ޒައިދު 15 ދުވަސްވަންދެން ދޫނިދޫގައި ބެހެއްޓުމަށްފަހު، 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް ހެކި ނައްތާލާނެ ކަމަށް ބުނެ ދެވަނަ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރިތާ 4 ދުވަސްފަހުން ޒައިދު ގެޔަށް ބަދަލުކޮށް އެ 15 ދުވަހުގެ ބާކީ އޮތް މުއްދަތު ހަމަކޮށްފައިވަނީ ގޭގައި ހުންނަވައިގެން ނެވެ.

"3 ވަނަ ފަހަރަށް 10 ދުވަހުގެ މުއްދަތު ޖެހުމުންވެސް ފުލުހުން ވަނީ އޭނާ ގޭގައި ބަހައްޓާފައެވެ. އެ 10 ދުވަސް ހަމަކޮށް ބުދަ ދުވަހު މުއްދަތު ޖެހީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ބޭނުންފުޅުވާ ބަޔާން ނުދިނުމުން ކަމަށް ޤަބޫލު ކުރެވެއެވެ." ސިޓީގައި ވިދާޅުވެފައިވެއެވެ.

އެސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ލިބިފައިވާ މައުލޫމާތައް ބަލާއިރު މިހާރު ޒައިދުއާ ސުވާލު ކުރަމުންދަނީ ޕީޕީއެމްގެ އޮފީސް ހ. ތެމާއިން ގެއްލުނުކަމަށް ބުނާ ހާޑް ޑިސްކް އާއި ބެހޭގޮތުންނެވެ. ޒައިދު ނެރެފައިވާ ބަޔާނުގައިވާގޮތުން ކުރީގެ ރައީސް މައުމޫނާ ބެހޭގޮތުން ދޮގު ބަޔާނެއް ނެގުމަށެވެ.

ތުހުމަތު ކުރެވިގެން ހައްޔަރުކުރެވުނު މައްސަލައާ އެއްވެސް ގުޅުމެއް ނުވާއިރު، މައްސަލައާ ގުޅުމެއް ނެތް ސިޔާސީ މައްސަލައެއްގައި ސުވާލު ކުރުމަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމުގައި ދެކޭ ކަމަށާއި ޒައިދު ހައްޔަރު ކުރިކަމަށް ބުނާ މައްސަލައިގެ ބަޔާން ނަގާ ނިމިފައިވާއިރު އިތުރަށް ހައްޔަރުކޮށް، ފުލުހުންގެ އިދާއރާއިން ޒައިދު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީ އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތެއް ހޯއްދަވައިދެއްވުން އެދޭކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު