Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިސްރާއީލްގެ ހާލަތު

ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ތެރޭގައި ކޮވިޑްގެ އަލާމާތްތައް ފެންނަމިންވަރު 94 އިންސައްތަ ދަށް: ދިރާސާ

ފައިޒަރ ވެކްސިންއިން އެންމެ ރަނގަޅަށް އަސަރުކުރަނީ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ނުވަތަ އެއަށްވުރެ ފަހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2021 | ބުދަ 12:31
ފައިޒަރ ވެކްސިންގެ ސާމްޕަލެއް

ފައިޒަރ ވެކްސިންގެ ސާމްޕަލެއް

އިސްރާއީލްގައި ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ތެރޭގައި ކޮވިޑް-19ގެ އަލާމާތްތައް ފެންނަ މިންވަރު 94 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެގައުމުގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

އިސްރާއީލުން ވަނީ ފައިޒަރ ވެކްސިންގެ ދެ ޑޯޒް އެގައުމުގެ 600،000 (ހަ ލައްކަ) މީހުންނަށް ދީފައެވެ. އަދި ވެކްސިން ޖެހި މީހުންނާއި އެނޫން މީހުންގެ މެދުގައި ހުރި ތަފާތުތަކާއި ވެކްސިނުން ކުރާ އަސަރާއި ގުޅޭގޮތުން އަންނަނީ ދިރާސާކުރަމުންނެވެ.

ހެލްތު މެއިންޓެނަންސް އޯގަނައިޒޭޝަން (އެޗްއެމްއޯ) އިން ވަނީ ދިރާސާކުރިޔަށް ގެންދިޔުމަށްޓަކައި އިސްރާއީލްގެ އާބާދީގެ ދެ ބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ދިރާސާގައި ބޭނުންކޮށްފައެވެ. އެގްރޫޕުން ބުނާގޮތުގައި ވެކްސިންގެ ދެ ޑޯޒް ހަމަކުރި މީހުން ކޮވިޑްގެ ސީރިއަސް ހާލަތަށް ދިޔުމުގެ ފުރުސަތު 92 އިންސައްތަ ދަށްކަމަށެވެ.

މިދިރާސާކުރުމުގައި އަޅާކިޔާފައިވަނީ ވެކްސިން ޖަހާފައި ތިބި މީހުންނާއި ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ސިއްހީ ގޮތުން އެއް މައްސަލަތަކެއް ދިމާވެފައި ތިބި މީހުންގެ ދެމެދުއެވެ.

އެޗްއެމްއޯގެ ޗީފް އިނޮވޭޝަން އޮފިސަރ ރެން ބެލިސަރ ވިދާޅުވީ ދިރާސާއިން ދެއްކި ނަތީޖާއަކީ ފައިޒަރ ވެކްސިނުން ކުރާ އަސަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ ކްލިނިކަލް ޓްރެއަލްގެ ނަތީޖާ ދެއްކި ގޮތަށް އެވެކްސިނަކީ ހަގީގަތުގައިވެސް ކާމިޔާބު ވެކްސިނެއް ކަމެވެ. އޭނާ އިތުރަށް ވިދާޅުވީ ފައިޒަރ ވެކްސިނުން އެންމެ ރަނގަޅަށް އަސަރުކުރަނީ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ނުވަތަ އެއަށްވުރެ ފަހުންކަމަށެވެ.

އިސްރާއީލަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ ގައުމަށްވާއިރު އެންމެ ފުރަތަމަ ވެކްސިން ދިން އުމުރު ފުރައިގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މިންވަރާއި ސީރިއަސް ބަލި ހާލަތަކަށް ގޮސްފައިވާ މީހުންގެ ނިސްބަތްވެސް ދަށަށްގޮސްފައިވާކަމަށް މިދިރާސާއިން ދައްކައެވެ.

އެހެންނަމަވެސް ފަހުން ވެކްސިން ޖަހަން ފެށި ޒުވާނުންގެ އުމުރުފުރައިގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މިންވަރާއި ސީރިއަސް ހާލަތަށްދާ މިންވަރު ދަށްނުވާކަމަށް ދިރާސާއިން ދައްކައެވެ.

އިސްރާއީލުން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެމުން އަންނައިރު އެގައުމުން އަންނަނީ ހަރޑް އިމިޔުނިޓީއަކާ ހިސާބަށް ދެވޭނީ ކިހާތާކުތޯ ބަލަމުންނެވެ. އެކަމަށްޓަކައި އެގައުމުގައި އަންނަނީ ދިރާސާތައް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު