Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ފާސްތައް ބޭނުންކުރުން

ކުރިން ލޮކްޑައުން ކުރިއިރު ދޫކޮށްފައިވާ ފާސްތައް ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދޭ: ފުލުހުން

15 ފެބުރުއަރީ 2021 | ހޯމަ 02:31

ހުއްދައަށް އެދުމުން އެސްއެމްއެސް އެއްގެ ޒަރީއާއިން އެމީހެއްގެ މޯބައިލް ފޯނަށް ހުއްދަ ލިބިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ފެބުރުއަރީ 2021 | ހޯމަ 02:31
ކާފިއު ގަޑީގައި ފުލުހުން އާންމުންގެ މީހަކު ހުއްޓުވައި ސުވާލުކުރަނީ

ކާފިއު ގަޑީގައި ފުލުހުން އާންމުންގެ މީހަކު ހުއްޓުވައި ސުވާލުކުރަނީ

ކުރިން ލޮކްޑައުން ކުރިއިރު ދޫކޮށްފައިވާ ފާސްތައް ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކުރިން ދޫކޮށްފައިވާ ފާސް މިހާރު ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. އަދި ވެހިކަލް ދުއްވުން މަނާގަޑީގައާއި ކާފިއު ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ފުލުހުންގެ ހުއްދަ (ޕޮލިސް ޕާމިޓަށް) އެދެން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

24 ގަޑިއިރު ޑިއުޓީ ކުރާ ތަންތަނުގެ ޑިއުޓީތަކަށްދާ މުވައްޒަފުންނާއި ކެފޭ ރެސްޓޯރަންޓްތަކުގެ ޑެލިވަރީ އަދި އިމަރޖެންސީ އެކި ބޭނުންތަކަށް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ ކަމަށާއި، ހުއްދައަށް އެދުމުން އެސްއެމްއެސް އެއްގެ ޒަރީއާއިން އެމީހެއްގެ މޯބައިލް ފޯނަށް ހުއްދަ ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ހުއްދަ ލިބުމުން އެގޮތަަށް އަމަލު ކުރެއްވުމަށް ވަނީ އެދިފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހާއްސަ އިސްކަމެއްދީގެން ފުލުހުން ކުރާ މަސައްކަތެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ކަމަށާއި، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިހާރު ވަނީ ކުރިން ބޭނުންކުރަމުން އައި ޕޮލިސް ޕަރމިޓް ޕޯޓަލް ހުޅުވައިލާފައި ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތަކާ ގުޅިގެން އެކިއެކި އިންތިިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ކެފޭ ރެސްޓޯރަންޓްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިގެންދާނީ 18:00 އިން 22:30 އާހަމައަށްކަމަށާއި 22:30 ގެ ފަހުން ޑެލިވަރީ ކުރުން މަނާވާނެކަމަށެވެ. އަދި ޑެލިވަރީކުރާ ތަންތަނުގެ ތެރެއިން ކޮންމެ ތަނަކަށް ދެ އުޅަނދަކަށް ހުއްދަ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ގެސްޓް ހައުސްތަކުން އެއަރޕޯޓަށް ދަތުރުތައް ކުރުމަށްޓަކައި ކޮންމެ ތަނަކަށް ޕޯޓަލް މެދުވެރިކޮށް އެއް ވެހިކަލަށް ހުއްދަ ލިބިގެންދާނެކަމަށާއި 23:00 ން ފެށިގެން ފަތިހު 04:30 އާ ދެމެދު ބޭރުގައި އުޅުމަކީ މަނާކަމެއްކަމަށާއި 18:00 ން ފެށިގެން ހެނދުނު 06:00 ށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓްތަކުގެ ތެރެއިން މާލެ ހުޅުމާލެ ބަސް ދަތުރުގެ ފަހު ގަޑިއަކީ 22:30 ކަމަށާއި، ހުޅުމާލެ ވިލިމާލެ އަދި ތިލަފުށި ފެރީގެ އެންމެ ފަހު ގަޑިއަކީ ވެސް 22:30 ކަމަށް ސަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ފެނާއި ގޭހުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެއްވެސް ޕަރމިޓެއްނެތި ކޮންމެ ތަނަކަށް ދެ އުޅަނދަކަށް ހުއްދަ ދީފައިވާކަމަށާއި ކޮންމެ ޓެކްސީ ސެންޓަރަކަށް އަދި ޕިކަޕް ސެންޓަރުތަކުގެ ތެރެއިން ކޮންމެ ތަނަކަށް 10 ހުއްދަ ދީފައިވާނެކަމަށާއި ދުއްވުން މަނާ ގަޑިތަކުގައި އެ ހުއްދައިގެ ދަށުން ދަތުރުކުރެވޭނެކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ޓެކްސީތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބެހެއްޓުމަށް އެދޭކަމަށާއި ގައިޑްލައިންތަކާ ޚިލާފަށް ހުންނަ އުޅަނދުތަކުގެ ހުއްދަ ބާތިލްކުރަމުންދާނެކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ފެރީތަކާއި ބަސްތަކުގައި ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްތައް ހަމަޖައްސައި އެކަންކަމަށް އަމަލުކުރެއްވުމަށް އެދޭކަމަށާއި ޕޮލިސް ޕަރމިޓް ޕޯޓަލްގެ ހޮޓްލައިނެއް މިހާރު ގާއިމްކުރެވިފައިވާކަމަށާއި 1665 ނަންބަރާ ގުޅުވުމުން އިތުރު މައުލޫމާތު ލިބިގެންދާނެކަމަށެވެ. އަދި އެންގުންތަކާ ޚިލާފުވާނަމަ ޖޫރިމަނާ ކުރަމުންދާނެކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ގަޑިތަކަށް އިހުތިރާމްކުރައްވައި، ވިޔާފާރިތައް ގަޑިއަށް ބަންދުކުރުމަށާއި ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް