Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ޤައުމީ މަޖިލިސް

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްއަކަށް ޝާޒްލީ ޝަފީޤް ހަމަޖައްސައިފި

14 ފެބުރުއަރީ 2021 | އާދީއްތަ 16:17

އައު ސެކެޓްރީ ޖެެނެރަލް ހަމަޖައްސާފައިވަނީ އެމްޑީޕީގެ 172ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 14 ފެބުރުއަރީ 2021 | އާދީއްތަ 16:17
އެމްޑީޕީގެ 172ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ 172ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ސެކެޓްރީ ޖެނެރަލްއަކަށް ޝާޒްލީ ޝަފީޤް ހަމަޖައްސައިފިއެވެ.

ޝާޒްލީ އެމްޑީޕީ ސެކެޓްރީ ޖެނެރަލްއަކަށް ހަމަޖެއްސިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 172ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްއަކަށް ހަމަޖައްސަވާފައިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 99 މެމްބަރުންގެ ތެރެއިން 90 ވޯޓާއެކުއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އަމީންއާއްމުގެ މަޤާމަށްވެސް ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.

Advertisement - newsAdvertisement

މއ. ފެރިނާ، ޝާޒްލީ ޝަފީޤް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކޮށްފައިވަނީ މި މަޤާމަށް ކުރިމަތިލުމަށް 16 މެމްބަރުން 2020 އިއުލާންކުރުމަށްފަހުއެވެ. މި މުއްދަތުގައި މަޤާމަށް ކުރިމަތިލައްވާފައިވަނީ ޝާޒްލީ ޝަފީޤް އެކަންޏެވެ. އެމްޑީޕީގެ ސިޔާސީ ގިނަ ހަރަކާތްތަކެއް ހިންގުމުގައި އިސްސަފުގައި ހަރަކާތްތެރިވި ޝާޒްލީ ވަނީ 2012 އޮގަސްޓުން ފެށިގެން 2014 ނޮވެމްބަރާއި ހަމައަށްވެސް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައެވެ.

އައު ސެކެޓްރީ ޖެނެރަލް ހަމަޖެއްސެވިކަން ހާމަކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ މީގެ ކުރިން އެމަޤާމު ފުރުއްވި ފަރާތުން ލޯކަލް ކައުންސިލް އިންތީޚާބުގެ މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް ނިންމުމާއި، ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްވެސް މި އިންތިޚާބުގައި ކުރިމަތިލައްވާތީ ޕާޓީ ހިންގުމުގައި އަދި ވަކިން ޚާއްސަކޮށް އިންތިޚާބަށް ތައްޔާރުވުމުގައި އުނދަގޫތައް ހުރިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ޝާޒްލީ އައު ސެކެޓްރީ ޖެނެރަލްއަކަށް ހަމަޖެއްސުމުން މި ދަތިތައް ފަސޭހަވެގެންދާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.

އެމްޑީޕީ އޮފީހުގައި ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ބައިވެރިވެޑައިގެންފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އޮފީހުން ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު، އެ ޕާޓީން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ އެއްގޮތަށް ކެމްޕެއިން ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތް ދައްކުވައިދޭނެކަމުގެ ޔަޤީންކަން ދީފައެވެ. އެގޮތުން "ރަށްވެހިފަތިސް" ކެމްޕެއިން ލޯންޗުކޮށް، ވަރޗުއަލްކޮށް އެ ޕާޓީން ގެންދަނީ ކެމްޕެއިން ޙަރަކާތްތައް ހިންގަމުންނެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިއާ އަދި މުއާޞަލާތީ ވަޞީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް އެމްޑީޕީން މީގެ ކުރިންވެސް އޮތީ ނިންމާފައެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްއަށް ޝާޒްލީ ހަމަޖައްސަވާފައިވާއިރު، އެޕާޓީން ދާދިފަހުން ވަނީ އެ ޕާޓީގެ ތަރުޖަމާނަކަށް މުހައްމަދު ސައިފް ފާތިހު ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް