Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

މާސްކް ދަތްދޮޅީގައި އަޅާ މީހުން ގިނަވުމުން ފުލުހުންގެ ކަންބޮޑުވުން!

14 ފެބުރުއަރީ 2021 | އާދީއްތަ 08:05

ފިޔަވަޅުތައް ތަންފީޒު ކުރަމުންދާއިރު ފާހަގަ ކުރެވޭ ބައެއް ކަންކަން ހިއްސާ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2021 | އާދީއްތަ 08:05
ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މާސްކް ދަތްދޮޅީގައި އަޅުއްވައިގެން ފުލުހުންނާ ޒުވާބު ކުރައްވަނީ

ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މާސްކް ދަތްދޮޅީގައި އަޅުއްވައިގެން ފުލުހުންނާ ޒުވާބު ކުރައްވަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް މާސްކް އަޅާ މީހުން ގިނަކަން ފާހަގަކޮށް ފުލުހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީން) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވަނީ އެޗްޕީއޭގެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާއިރު ފާހަގަ ކުރެވޭ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ގިނަ މީހުން މާސްކް އެޅިނަމަވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކް ނާޅާ މީހުން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ، މާސްކް އަޅަންވާނީ ނޭފަތާއި އަނގަ އެއްކޮށް ނިވައިވާ ވަރަށް ކަމަށް ގައިޑްލައިންގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ދަތް ދޮޅީގައި މާސްކް އަޅައިގެން އުޅޭ މީހުންނާއި، ކަރުގައިި މާސްކް އެލުވައިގެން ތިބޭ މީހުން ވެސް މަދެއް ނޫން ކަމަށެވެ. އަދި އެއީ މާސްކް އެޅުން ކަަމަށް ފުލުހުން ވެސް ބަލައިނުގަންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވާނަމަ ޖޫރިމަނާ ކުރެވޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލު ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. އެގޮތުން އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކުރިއިރު، މީގެ ކުރިން އެންގުމާ ޚިލާފުވެއްޖެނަމަ ޖޫރިމަނާ ކުރަމުން އައީ 1،000 ރުފިޔާއިންނެވެ. އެހެން ނަމަވެސް، އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް ފާއިތުވި ދުވަސްތަކުގައި ސިޔާސީ ޕާޓީތަކުން ވެސް އެއްވުންތައް ބާއްވާފައިވާއިރު، މާސްކް އެޅުމާއި، އިޖުތިމާޢީ ގައިދުރުކަމެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔާފައިވެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް