Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގެ އެކްޓިވިސްޓް މިނިވަންކުރުން

ސައުދީގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ލުޖައިން ޖަލުން މިނިވަންކޮށްފި

ލުޖައިން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 19:59
ލުޖައިން ހަޘްލޫލް - ލުޖައިން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު

ލުޖައިން ހަޘްލޫލް - ލުޖައިން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު

ސައުދީއަރަބިއްޔާގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ލުޖައިން ހަޘްލޫލް ތިން އަހަރު ފަހުން ޖަލުން މިނިވަންކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ލުޖައިން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުއެވެ. އަދި އޭނާ 6 އަހަރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވާނީ އެއަހަރުގެ ޑިސެމްބަރ މަހުއެވެ.

އެއީ ސަރުކާރާ ދެކޮޅު ބަޔަކާ ބައިވެރިވެގެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރުވާ ފަދަ ކަންކަން ކުރުމާއި އަދި އެހެން ބައެއްގެ އެޖެންޑާ ފަތުރަން މަސައްކަތްކުރުމުގެ ކުށުގައެވެ. ލުޖައިން އަށް ހުކުމް ކޮށްފައިވަނީ އެގައުމުގެ ޓެރަރިޒަމް ކުށްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް އުފެއްދި ހާއްސަ ކްރިމިނަލް ކޯޓަކުންނެވެ.

ލުޖައިން ހައްޔަރުކުރުމާއި އަދި ޖަލަށް ލުމަށް ހުކުމް ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނި މިކަން ކުށްވެރިކޮށްފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކުށްތަކާ އަދި ކޯޓް މަރުހަލާގެ އެއްވެސް ކަމެއް ބައިނަލްއަގްވާމީ މިންގަނޑަށް ނުފެތޭ ކަމަށް ބުނެފައެވެ. އަދި މިކަމުން ދައްކުވައިދެނީ ސައުދީ ސަރުކާރުގެ އަނިޔާވެރިކަމާއި ޒަމާނުއްސުރެ ގެންގުޅޭ ޑިކްޓޭޓާޝިޕް އުސޫލުތައް ކަމަށް ވެސް ބުނެފައިވެއެވެ.

ލުޖައިން ޖަލުން މިނިވަންވިނަމަވެސް 5 އަހަރު ވަންދެން އޭނާއަށް އެހެން ގައުމަކަށް ނުދެވޭނެއެވެ. ލުޖައިން މިނިވަންވިކަން ހާމަކޮށް އޭނާގެ ދައްތަ ވަނީ ޓްވީޓެއްކޮށްފައެވެ. އަދި އޭނާގެ އެހެން ދައްތައެއްކަމަށްވާ އަލިއާ ވަނީ ލުޖައިންގެ ފޮޓޯއެއް ސޯޝަލް މީޑިޔާއަށް ޕޯސްޓްކޮށްފައެވެ. މިފޮޓޯ އިން ފެންނަގޮތުގައި އޭނާ ވަނީ ވަރަށް ބޮޑަށް ހިކި އަނުރޫފަވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުންނާއި ލުޖައިންގެ އާއިލާއިން ބުނާގޮތުގައި ލުޖައިންއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެގޮތުން އިލެކްޓްރިކް ޝޮކް ދިނުންފަދަ އަނިޔާތައް ހިމެނެއެވެ. އެހެންނަމަވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން އެކަން ދޮގުކުރެއެވެ. އަދި ކޯޓުގައި ކޮށްފައިވާ ދައުވާތައް ވެސް އެކަށީގެންވާވަރަށް ހެކި ނެތްކަމަށް ބުނެ އެދައުވާ ބަލައިގަނެފައި ނުވާކަމަށް ލުޖައިންގެ އާއިލާއިން ބުނެއެވެ.

މިކަމާއި ގުޅިގެން އެމްނެސްޓީން ބުނެފައިވަނީ ލުޖައިން އަށް ކޮށްފައިވާ އަނިޔާތަކަށް އޭނާއަށް އިންސާފުލިބި އެކަން ކުރިމީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.

ލުޖައިން މިނިވަންކުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެއީ ސައުދީންކުރި ރަނގަޅުކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވެސް ވަނީ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި ލުޖައިން ފަދައިން ޖަލަށްލާފައިވާ ފަރާތްތައް ޖަލުން މިނިވަންކޮށް އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

ލުޖައިން އަކީ ސައުދީ އަރަބިއާގެ އަންހެނުންގެ ހައްގުތަށް މަސައްކަތްކުރާ ފަރާތެކެވެ. ސައުދީ އަރަބިއާގެ އަންހެނުންނަށް އޮންނަ ފުރުސަތުތައް މަދުކަމާއި އަދި އަންހެނުންނަށް އޮންނަ ހިފެހެއްޓުންތައް ނައްތާލުމަށް އެކި ފަހަރުމަތިން ލުޖައިން ވަނީ އަޑުއުފުލާފައެވެ. ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ކާރު ދުއްވުން މަނާކޮށްފައި އޮންނަ އޮތުން ބަދަލުކުރުމަށް ލުޖައިން ވަނީ 2018 ވަނަ އަހަރު ވެސް ކެމްޕެއިން ކޮށްފައެވެ. އެންމެ ފަހުން ސައުދީ ސަރުކާރުން ވަނީ އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަ ދީފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2018

ސައުދީގައި 12 ދާއިޜާއެއްގެ ވަޒީފާއަށް ބޭރު މީހުން ގެންދިއުން މަނާކުރަނީ

31 ޖެނުއަރީ 2018
ސައުދީގައި 12 ދާއިޜާއެއްގެ ވަޒީފާއަށް ބޭރު މީހުން ގެންދިއުން މަނާކުރަނީ
18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
16 ޑިސެމްބަރު 2017

ފަލަސްތީނުގެ ބިލިއަނަރު މަސްރީ ސައުދީގައި ހައްޔަރުކޮށްފި

16 ޑިސެމްބަރު 2017
ފަލަސްތީނުގެ ބިލިއަނަރު މަސްރީ ސައުދީގައި ހައްޔަރުކޮށްފި
22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
30 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު