Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝިއާބޯ އަވަހާރަވުން

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

އަވަހާރަވީއިރު ޝިއާބޯ ގެންދެވީ ޗައިނާގެ އިރުއުތުރުގެ ހޮސްޕިޓަލެއްގައި ފުރަމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 13 ޖުލައި 2017 | ބުރާސްފަތި 15:26
އަވަހާރަވީއިރު ޝިއާބޯ ގެންދެވީ ޗައިނާގެ އިރުއުތުރުގެ ހޮސްޕިޓަލެއްގައި ފުރަމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން

އަވަހާރަވީއިރު ޝިއާބޯ ގެންދެވީ ޗައިނާގެ އިރުއުތުރުގެ ހޮސްޕިޓަލެއްގައި ފުރަމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން

ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ އަދި އިންސާނީ ހައްގުތަކަށާއި ޑެމޮކްރަސީއަށް މަސައްކަތް ކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ލިއު ޝިއާ ބޯ އުމުރުން 61 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

އަވަހާރަވީއިރު އޭނާ ގެންދެވީ ޗައިނާގެ އިރުއުތުރުގެ ހޮސްޕިޓަލެއްގައި ފުރަމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

"ސަރުކާރު" ބަދަލް ކުރަން އުޅުމުގެ ކުށުގައި 11 އަަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދިއަ ޝިއާބޯ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިއަ މަހުއެވެ.

ޔުނިވާސިޓީ ޕްރޮފެސަަރެއްގެ ގޮތުގައި އުޅުއްވުމަށްފަހު ހައްގުތަކަށް މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދެވި ޝިއާބޯއަކީ ކުށްވެރިއެއްކަމަށް ދައްކައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތީންވަނީ ޖަލަށްލާފައެވެ.

ޖަލުގައި ނެތް ދުވަސްވަރުތަކުގައިވެސް އޭނާގެ މައްޗަށް ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާ ކަންތައްތަކެއް މަނާކޮށްފައެވެ. އަދި އޭނާގެ އަނބިކަނބަލުން ހުންނެވީ ގޭ ބަންދުގައެވެ.

ޝިއަބޯއަށް 2009 ގައި ހުކުމް ކުރެވުނު އިރު އޭގެ އެއް އަހަރު ފަހުން ނޮބެލް ސުލްހައިގެ އިނާމު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޝިއަބޯ ގެ މައްޗަށް ދައުވާ ކުރެވުނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ޗައިނާގައި ދިރުވުމަށް އެދި ގޮވާލާ ލިޔުންތަކެއް ލިޔެ، ބަހުމުގެ ސަބަބުންނެވެ.

މެއި 23 ގައި ޝިއަބޯއަށް މޭގެ ކެންސަރު ޖެހިފައިވާކަމަށް އެނގުނުއިރު ޝިއަބޯގެ މައްޗަށް ކުރެވުނު ހުކުމުގައި ބާކީ ދެން އޮތީ ތިން އަހަރެވެ.

ޖަލު ބަންދުގައި ހުރުމުގެ ސަބަބުން ޝިއަބޯއަށް ލިބުނު ނޯބެލް ސުލްހައިގެ އިނާމު ބަލާ އޭނާއަށް ވަޑައިގެންނެވިފައިނުވާއިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް އިނާމާ އެކު ލިބުނު 1.4 މިިލިއަން ޑޮަލަރުގެ ފައިސާވެސް ހޯއްދަވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
21 ޖޫން 2017

އިރާގުގެ މަޝްހޫރު އަލް ނޫރީ މިސްކިތް އައިސިސް އިން ގޮއްވާލައިފި

21 ޖޫން 2017
އިރާގުގެ މަޝްހޫރު އަލް ނޫރީ މިސްކިތް އައިސިސް އިން ގޮއްވާލައިފި
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
27 އެޕްރީލު 2017

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

27 އެޕްރީލު 2017
އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު