Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީގައި އަންހެނުންގެ ހައްގު

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ސެޕްޓެމްބަރު 2017 | ބުދަ 08:00
ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު

ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު

ސައުދީ އަރަބިއްޔާގެ އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަދުވަހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެނެސްފައިވަނީ ޝާހީ ގަރާރަކުންކަމަށްވާއިރު މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.

ވައިޓް ހައުސް ޕްރެސް ސެކްރެޓަރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެ ބަދަލު ޓްރަމްޕް ދެ ކެވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ފުރުސަތުތައް އިތުރުކޮށް އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް ކުރިޔަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި" ކަމަށެވެ.

ސައުދީގެ ޝާހީ ގަރާރުގައި، އެ ގައުމުގެ އިންޓަރނަލް އެފެއަރޒް މިނިސްޓްރީއާ،ފިނޭންސްއާ،ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ހިމެނޭގޮތަށް މަތީފަންތީގެ ކޮމިޓީއެއް އުފެއްދުމަށްވެސްވަނީ ގޮވާލާފައެވެ.

އެ ކޮމިޓީގެ މަސައްކަތަކަށް ވާނީ 30 ދުވަހުގެ ތެރޭގައި އެ ގަރާރު ދިރާސާކޮށް 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތަންފީޒުކޮށް ނިންމުމެވެ.

ސައުދީގައި އަންހެންނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ނޯންނައިރު، ބައެއް އާއިލާތަކަށް ވަނީ ދަތުރު ފަތުރުކުރުމަށް ފިރިހެން ޑްރައިވަރުން ހަމަޖައްސަން މަޖުބޫރުވެފައެވެ. ސައުދީގެ ވެބްސައިޓެއް ކަމަށްވާ އަލް އަރަބިއްޔާ އިން ބުނީ ސައުދީގައި އަންހެނުންގެ ޑްރައިވަރުންގެ ގޮތުގައި 8 ލައްކައެއްހާ ޑްރައިވަރުން ވަޒީފާ އަދާކުރާ ކަމަށެވެ..

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
16 ޑިސެމްބަރު 2017

ފަލަސްތީނުގެ ބިލިއަނަރު މަސްރީ ސައުދީގައި ހައްޔަރުކޮށްފި

16 ޑިސެމްބަރު 2017
ފަލަސްތީނުގެ ބިލިއަނަރު މަސްރީ ސައުދީގައި ހައްޔަރުކޮށްފި
14 އޮކްޓޯބަރު 2017

ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް

14 އޮކްޓޯބަރު 2017
ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް
30 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި

30 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެން ޑްރައިވަރުންނަށް ބިރު ދައްކާނެ ކަމަށް ބުނި ފިރިހެނަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު