Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަސްރީ ދޫކޮށްލައިފި

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

މަސްރީއަކީ ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގގެ ފައުންޑަރ އަދި އަރަބް ބޭންކްގެ ޗެއަރމަން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2017 | ހޯމަ 04:28
އަލް މަސްރީއަކީ އުރުދުންގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ

އަލް މަސްރީއަކީ އުރުދުންގެ އެންމެ މުއްސަނދި އެއް ވިޔަފާރިވެރިޔާ

ވިޔަފާރި ދަތުރެއްގައި ސައުދީ އަރަބިއްޔާގެ ރިޔާޒަށް ވަޑައިގެން އުޅުއްވަނިކޮށް ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރެއް ކަމަށްވާ ސަބީހް އަލް މަސްރީ ދޫކޮށްލައިފިއެވެ.

އާދީއްތަ ދުވަހު ރޮއިޓަރސްއަށް މަސްރީ ވިދާޅުވީ އޭނާއާމެދު އަމަލުކޮށްފައިވަނީ ވަރަށް އިހުތިރާމާއެކު ކަމަށެވެ.އަދި ވިޔަފާރި ބައްދަލުވުމެއް ނިންމެވުމަށް އުރުދުންގެ ވެރިރަށް އައްމާނަށް އެނބުރި ވަޑައިގަންނަވަން އުޅުއްވާ ކަމަށެވެ.

ސައުދީގެ އިދާރާތަކުން މަސްރީ ދޫކޮށްލުމާއެކު އޭނާވަނީ ރިޔާޒްގައި ހުންނަ އޭނާގެ ގެކޮޅަށް ވަޑައިގެންފައެވެ.

އަރަބި ވެބްސައިޓެއް ކަމަށްވާ ރާއީ އަލް ޔައުމްގައި ބުނެފައިވާ ގޮތުގައި ޒާރާ އިންވެސްޓްމަންޓް ހޯލްޑިންގގެ ފައުންޑަރ އަދި އަރަބް ބޭންކްގެ ޗެއަރމަން މިދިޔަ ހަފްތާގައި ސައުދީގައި ހައްޔަރުކުރީ "ކޮރަޕްޝަނާ ގުޅުން ހުރި މައުލޫމާތުތަކަކާ ގުޅިގެން" ސުވާލުކުރުމަށެވެ.

ހޮނިހިރު ދުވަހު އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މަސްރީއާ ދެކޮޅަށް ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފައެއްނުވެއެވެ.

އުމުރުފުޅުން 80 އަހަރުގެ މަސްރީއަކީ ސައުދީ އާއި އުރުދުންގެ ރަށްވެހިކަން ވެސް އޮންނަ ބޭފުޅެކެވެ.

އުރުދުންގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ކަމަށްވާ އަލް މަސްރީއަކީ ފަލަސްތީނުގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ބިލިއަނަރު، މުނިބް އަލް މަސްރީއާ ދެބެންގެ ދެދަރި ބޭފުޅެކެވެ.

ފަލަސްތީނުގެ ސިކިއުރިޓީސް އެކްސްޗޭންޖް ފައްޓަވައިދެއްވުމުގެ އިތުރުން އަލް މަސްރީ ވަނީ އިންވެސްޓްމަންޓް ކުންފުނިތައް މެނޭޖްކުރައްވައި މެދުއިރުމައްޗާއި އެހެނިހެން ސަރަހައްދުތަކުގެ އިގްތިސާދީ އިދާރާތައް ހިންގެވުމުގެ މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި އަރަބް ބޭންކް ހިމެނެއެވެ.

އައްމާންގައި މައި މަރުކަޒު ހުންނަ އަރަބް ބޭންކަކީ އުރުދުންގައި އެންމެ ގިނައިން ލޯނުދޫކުރާ އަދި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އިގްތިސާދުގެ މައި އިންޖީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފި

26 ޖޫން 2017
ގައްޒާފީގެ ދަރިކަލުން  ދޫކޮށްލައިފި

ގައްޒާފީގެ ދަރިކަލުން ދޫކޮށްލައިފި

11 ޖޫން 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު