Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ރަނގަޅަކަށް ނޫން، އަމުރުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނަން: ޕީޖީ އޮފީސް

11 ފެބުރުއަރީ 2021 | ބުރާސްފަތި 10:40

އަލީ ވަހީދު ޖާމިނު ކުރުވީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ފެބުރުއަރީ 2021 | ބުރާސްފަތި 10:40
އަލީ ވަހީދު: އޭނާގެ ޕާސްޕޯޓު ދޫކުރުމާއެކު ވަގުތުން ވަނީ ރާއްޖެއިން ފުރާފައި

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓު ދޫކުރުމާއެކު ވަގުތުން ވަނީ ރާއްޖެއިން ފުރާފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި، އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި ޕީޖީގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގެ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އެ އަޑުއެހުން ނިންމުނީ ހަވީރު ހަތަރެއްގެ ފަހުންކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޕީޖީ އޮފީހުން ބުނީ، ކޯޓު އަމުރުގައި އޮތް 4 މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ކުރަމުން ގެންދާނެކަމަށެވެ.

އަލީ ވަހީދު ޖާމިނު ކުރުވީ، އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އެވެ.

ޕީޖީ އޮފީހުން ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެލިޔުންތައް ހަވާލުކޮށްފައިނުވާކަމަށެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި، އަލީ ވަހީދުގެ މައްސަލާގައި، ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ކަން ހިނގާފައިވާގޮތުގެ ތަފްސީލް ހިމެނެއެވެ. އެގޮތުން، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ޚަބީރެއްގެ ގޮތުގައި ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޝާން ޔޫސުފް ހާޒިރު ކުރެވުނުކަމަށާއި، އޭނާ ވިދާޅުވެފައިވަނީ، މެޑިކަލް ލިޔުންތަކުގައި ސީރިއަސް މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާރޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާދީފައިވާކަމަށާއި، "ޢަލީ ވަޙީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސަރޖަރީ ހެދެން އޮތްނަމަވެސް، މިތަނުގައި އެކަށީގެންވާ އިކުއިޕްމަންޓް ވެސް ނެތުމާއެކު ދިވެހިރާއްޖޭގައި ސަރޖަރީ ހަދަން ރެކޮމެންޑް ނުކުރާކަމަށާއި، ދިވެހިރާއްޖޭގައި މިސަރޖަރީ ހަދައިގެން ފޭޓަލް ވެސް ވެފައިވާ ކަމަށާއި، އެގޮތުން ވަރަށް ފަހުން ވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ" ޑރ. ޝާން ވިދާޅުވެފައިވާ ކަމަށެވެ.

ޑޮކްޓަރުގެ ބަޔާނާބެހޭގޮތުން ދައުލަތުން ދެކެނީ ކޮން ގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރެއްވުމުން، މީހެއްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ހުއްދަދިނުމަށް އިޢުތިރާޒް ނުކުރާކަމަށާއި، ނަމަވެސް އެކަން ކުރުމަށް ދައުލަތުން އެދެނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނުކުރުވުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްގެން ކަމަށް ދެންނެވި ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، ޢަލީ ވަހީދު ދެއްކި ވާހަކަތަކުގެ ޖަވާބުގައި ދައުލަތުން ބުނެފައިވާނީ، ޢަލީ ވަހީދުގެ ބޭސްފަރުވާއަށް ބޭނުންވަނީ ޕާސްޕޯޓު ނޫންކަމަށެވެ. ޖިނާއީ ދަޢުވާއެއް އުފުލިފައިވާ މީހެއްގެ ޙައްޤުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ވެސް ގައިދުކުރެވިފައިވާކަމަށާއި، ޢަދުލް އިންޞާފު ޤާއިމުވުމުގެ ޙައްޤަކީ ހަމައެކަނި ދަޢުވާލިބޭ މީހާގެ ޙައްޤެއް ނޫންކަމަށާއި، އެއީ ދަޢުވާލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާލިބުނު މީހުންނާއި، މުޅި މުޖުތަމަޢުގެ ޙައްޤެއް ކަމަށާއި، އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާންޖެހޭނީ ހަމައެކަނި ދަޢުވާލިބޭ މީހާގެ މަޞްލަޙަތު ބުރަވާ ގޮތަކަށް ނޫންކަމަށާއި، މިދެންނެވުނު އެންމެހާ ޙައްޤުތައް ބެލެންސްކުރަންވާނެ ގޮތަކަށް ކަމަށެވެ. އަދި ޢަލީ ވަޙީދަކީ މީގެ ކުރިންވެސް ތަޙުޤީޤަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަމާއި، ޕާސްޕޯޓު ދޫކޮށްފިނަމަ ދިވެހިރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
28 ޖެނުއަރީ 2017

ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ

28 ޖެނުއަރީ 2017
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ފްރޭމްކޮށް ޖަލަށްލުމަށް:އެމްޑީޕީ
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް