Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ނިއުކްލިއަރ ޑީލް

އީރާނަށް ލުއިދޭނީ މަޑުމަޑުން، މަޝްވަރާގެ ތަފްސީލީ މަރުޙަލާއަކަށް ފަހު - އެމެރިކާ

10 ފެބުރުއަރީ 2021 | ބުދަ 10:26

އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވުމަށް ބާރުއެޅުމަށް އީޔޫގެ ކިބައިން އެދިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 ފެބުރުއަރީ 2021 | ބުދަ 10:26
އީރާން

އީރާން

އީރާނަށް ލުއިދޭނީ މަޑުމަޑުންކަމަށާއި، މަޝްވަރާގެ ތަފްސީލީ މަރުޙަލާއަކަށް ފަހުކަމަށް އެމެރިކާއިން ބުނެފިއެވެ. ވައިޓް ހައުސްގެ އިތުބާރު ހުރި މަސްދަރަކުން އާންމުކޮށްފައިވާ ލިޔެކިޔުންތަކެއްގައިވާ ގޮތުން އެމެރިކާއިން އީރާންގެ ނިއުކްލިއަރ ޑީލަށް އެނބުރި އައުމުގައި އަމަލުކުރާނެގޮތް ވަނީ ތަފްސީލުކޮށްދީފައެވެ. މި ލިޔެކިޔުމުގައި ވާގޮތުން އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާނީ މަޑުމަޑުން ނުވަތަ "ބޭބީ ސްޓެޕްސް"އިންކަމަށް ބުނެފައިވެއެވެ. އަދި މިކަން ކުރުމުގައި ދެ ފަރާތުގެ ދެމެދު ދިގުލައިގެންދާނެ ފަދަ މަޝްވަރާގެ ތަފްސީލީ މަރުޙަލާއެއް ކުރިއަށްގެންދާނެކަމަށް މި ލިޔެކިޔުންތައް ބުނެއެވެ.

އީރާނަށް ލުއިދޭނީ މަޑުމަޑުން، މަޝްވަރާގެ ތަފްސީލީ މަރުޙަލާއަކަށް ފަހުކަމަށް ހާމަވެފައިވާއިރު، އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ އަލުން ގުޅޭނީ، އެގައުމުން ނިއުކްލިއާ އުފައްދާ މިންވަރު ދަށްކުރުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ބައިޑެން ވިދާޅުވީ އީރާނުން އަންނަނީ ނުރައްކާތެރި މިންވަރަކަށް ޔުރޭނިއަމް އުފައްދަމުން ކަމަށާއި، އެކަމުގެ ބިރު މުޅި ދުނިޔެއަށް އެބައޮތް ކަމަށެވެ. އެހެންކަމުން އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ އެމެރިކާއިން އަލުން ގުޅޭނީ، އީރާނުން ނިއުކްލިއާ އުފައްދާ މިންވަރު ދަށްކުރުމުން ކަމަށް ބައިޑަން ވިދާޅުވިއެވެ. ބައިޑަން އިތުރަށް ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމާ އެންމެ ފުރަތަމަ ޚިލާފުވީ އީރާނުން ކަމަށާއި، އެގޮތުން އީރާނުން ވަނީ އެއްބަސްވުމުގައިވާ މިންވަރަށްވުރެ އިތުރަށް ނިއުކްލިއާ އުފައްދައިފައި ކަމަށެވެ.

އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވުމަށް ބާރުއެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ކިބައިން އެދިފައެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާއިން ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މި ހައްގުތައް އަނބުރާ ހޯދުމަށް އެދި އީރާނުން ވަނީ މީގެ ކުރިންވެސް ޔޫރަޕްގެ ބޮޑު ތިން ބާރު ކަމަށްވާ ޖަރުމަނާއި، ފްރާންސް އަދި އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮމާންޑަރަކަށް ހުރެ، އީރާނާ ދެކޮޅަށް ފެށި އިޤްތިޞާދީ ހަނގުރާމަ ނާކާމިޔާބުވެ، ޓްރަމްޕްގެ ސިޔާސީ ހަރަކާތް ވެސް ނާކާމިޔާބުވެފައިވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު، ޗައިނާ، ރަޝިޔާ މި 6 ގައުމާއެކު 2015 ވަނަ އަހަރު އީރާނުން ސޮއިކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެމެރިކާވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 މެއި 2020

އީރާނަށް ވަންނަން އުޅުނު އަފްޣާނިސްތާނު ބަޔަކު މަރުވި ހާދިސާ ތަހުގީގު ކުރަނީ

09 މެއި 2020
އީރާނަށް ވަންނަން އުޅުނު އަފްޣާނިސްތާނު ބަޔަކު މަރުވި ހާދިސާ ތަހުގީގު ކުރަނީ
13 އެޕްރީލު 2020

ސްޕެއިން ގައި ލޮކްޑައުން އަށް މަޑުމަޑުން ދޫ ދޭން ފަށައިފި

13 އެޕްރީލު 2020
ސްޕެއިން ގައި ލޮކްޑައުން އަށް މަޑުމަޑުން ދޫ ދޭން ފަށައިފި
23 ޖޫން 2019

އީރާނަށް ދަތިކުރުމުގެ އިތުރު އާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

23 ޖޫން 2019
އީރާނަށް ދަތިކުރުމުގެ އިތުރު އާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
11 މެއި 2019

އީރާނަށް ބިރުދައްކަން އެމެރިކާގެ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވައިފި

11 މެއި 2019
އީރާނަށް ބިރުދައްކަން އެމެރިކާގެ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވައިފި
27 ފެބުރުއަރީ 2019

އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

27 ފެބުރުއަރީ 2019
އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި
06 ޖުލައި 2018

ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން

06 ޖުލައި 2018
ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން
24 އެޕްރީލު 2018

އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

24 އެޕްރީލު 2018
އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
01 ޑިސެމްބަރު 2017

އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި

01 ޑިސެމްބަރު 2017
އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި
23 މެއި 2017

ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް

23 މެއި 2017
ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް