Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނަށް ދަތިކުރުމުގެ އިތުރު އާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

23 ޖޫން 2019 | އާދީއްތަ 05:49

އީރާނުންވަނީ އެމެރިކާގެ ޑްރޯންއެއް ވައްޓާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޖޫން 2019 | އާދީއްތަ 05:49
ހަނގުރާމައަކަށް ނުދިއުމަށް އެމެރިކާގެ ބައެއް ރައްޔިތުން ދަނީ ގޮވަމުން

ހަނގުރާމައަކަށް ނުދިއުމަށް އެމެރިކާގެ ބައެއް ރައްޔިތުން ދަނީ ގޮވަމުން

އީރާނަށް ދަތިކުރުމުގެ އިތުރު އާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ.

ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު މިހެން ވިދާޅުވެފައި މިވަނީ ގަލްފް ސަރަހައްދުގައި މީހަކާ ނުލައި އުދުހުނު އެމެރިކާގެ ޑްރޯންއެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުރާސްފަތި ދުވަހު ވައްޓާލުމުން ދެ ގައުމުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައި ވަނިކޮށެވެ.

އީރާނަށް އިންޒާރު ދެއްވައި ޓްރަމްޕް ވިދާޅުވީ އަސްކަރީ ފިޔަވަޅު ވެސް އަދިވެސް އޮތީ މޭޒުމަތީގައި ކަމަށެވެ.

ވޮޝިންގޓަނުން ބުނާ ގޮތުގައި އެ އުޅަނދު ވައްޓާލާފައި ވަނީ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި އުޅެމުން ދަނިކޮށެވެ. ނަމަވެސް ތެހެރާނުން ބުނީ ޑްރޯން ވައްޓާލީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނަށް ރައްދު ހަމަލާ ދިނުމަށް އެމެރިކާއިން ރޭވި ކަމަށާއި ނަމަވެސް އެކަން ހުއްޓަވާލައްވަން އެންގެވީ 150 އެއްހާ މީހުން މަރުވެދާނެތީ ކަމަށެވެ.

އެމެރިކާގެ ރައީސުން ޗުއްޓީ ހޭދަކުރެއްވުމަށް ޚާއްސަކޮށްފައިވާ ކޭމްޕް ޑޭވިޑަށް ފުރާ ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސަރުކާރުން ގަސްތުކޮށްފައި އޮތީ ތެހެރާނަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އީރާނަށް އިތުރު ފިޔަވަޅު މި އަޅަނީ." ރިޕޯޓަރުންނަށް ޓްރަމްޕް ވިދާޅުވިއެވެ.

" ބައެއް ފަހަރަށް އަޅުގަނޑުމެން މިދަނީ މަޑުމަޑުން، އެކަމަކު އަނެއް ބައި ފަހަރު މިދަނީ ކުއްލިއަކަށް"

ރައީސް ޓްރަމްޕްވަ ނީ 30 މީހުންނާ އެކު ދަތުރުކުރި އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓެއް ވައްޓާނުލުމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑު ކައުންސިލުން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް