Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުން

ސްޕޯޓްސް އާބިޓްރޭޝަން ޕެނަލުގެ ގަވާއިދުތައް ވީއެންމެ އަވަހަކަށް ހަދަން އަންގައިފި

10 ފެބުރުއަރީ 2021 | ބުދަ 12:12

އެފްއޭއެމާ ދެކޮޅަށް އާޒިމް ހުށަހެޅުއްވި މައްސަލަ ވަނީ ދިރާސާކޮށް ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ފެބުރުއަރީ 2021 | ބުދަ 12:12
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ވީއެންމެ އަވަހަކަށް ހެދުމުގެ މަސައްކަތްކުރަން ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.

މި ގޮތަށް މަޖިލީހުން އެންގީ ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމް މި މައްސަލަ ހުށަހަޅުއްވީ ރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކުލަބު ޖަމުޢިއްޔާތަކާއި، އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރަމުން ނުގެންދާތީ، މިހާރަށްވުރެ ބޮޑަށް ދައުލަތުން އެ ފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދިއެވެ.

އަދި ދައުލަތުގެ ފެންވަރުގައި ރާއްޖޭގައި ވާދަވެރިކޮށް ކުޅޭ އެންމެހާ ކުޅިވަރުތައް ބައިނަލްއަގުވާމީ، ގައުމީ އަދި ރަށު ފެންވަރުގައި ކުރިއެރުވުމަށް ހިންގޭ ހަރަކާތްތައް އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތަކެއްކަން ކަށަވަރު ކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްވެސް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އެއާއެކު މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން މި މައްސަލަ ދިރާސާކުރިއިރު، އެ ކޮމިޓީން މީގެ ކުރިން ވަނީ މި މައްސަލައިގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކޮށްފައެވެ.

އެއަށްފަހު ބުދަ ދުވަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ ކުޅިވަރުގެ މައިދާނުގައި އުފެދޭ މައްސަލަތަކާއި ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ޤާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށާއި، އެކަމާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް ވީއެންމެ އަވަހަށް ހެދުމުގެ މަސައްކަތްކުރަން އަންގާ ކަމަށެވެ.

އަދި އަތޮޅާއި ރަށު ފެންވަރުގައި ކުޅޭ ކުލަބުތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއަޅައި، ކުޅިވަރުގެ ރޫޙު ނުގެއްލޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ރޭވުމަށްވެސް މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އިޖުތިމާޢީ ކޮމިޓީން އެކުލަވާލި ރިޕޯޓު ތަޅުމަށް ހުށަހެޅިއިރު، މި ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

31 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި

31 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފި
23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
17 ޖުލައި 2017

ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި

17 ޖުލައި 2017
ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި
15 ޖުލައި 2017

މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ

15 ޖުލައި 2017
މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް