ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 23:33
ދަ ފޭދޫ ސްޕޯޓްސް އާއި ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ދަ ފޭދޫ ސްޕޯޓްސް އާއި ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން ކަޕް
ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި
 
އެޓީމު ކުޅެން ޖެހޭނީ ދެވަނަ ސެމީގައި ފްރެންޑްސް ކްލަބް ފުނާޑާއި ދެކޮޅަށެެވެ
 
އެޓީމުން ފަހު ޖާގަ ހޯދީ 6 ޕޮއިންޓާއި އެކު ޕޫލް ރޭންކިންގެ 4 ވަނަ ޓީމުގެ ގޮތުގައި

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ 26 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕް ވިމެންސް ޑިވިޝަންގެ ސެމީ ފައިނަލުގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފިއެވެ.

ދަ ފޭދޫ ސްޕޯޓްސް އިން ސެމީގެ ފަހު ޖާގަ ހޯދީ، މުބާރާތުގައި ލީގު އުސޫލުން ކުޅުނު މެޗުތަކުގެ ތެރެއިން ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ އިންނެވެ. އެޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-23 އިންނެވެ. އެޓީމުން ފެށުން ރަނގަޅުކުރި ނަމަވެސް ދަ ފޭދޫ ސްޕޯޓްސްއިން ވަނީ ފަހަތުންއަރާ ފަހު ތިން ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން ސެޓުތަށް ގެންދިޔައީ 25-17 ، 26-24 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަފޭދޫ ސްޕޯޓްސްގެ ޝައުފާ އާދަމްއެވެ.

މުބާރާތުގައި ލީގު އުސޫލުން 1 ބުރު ކުޅުމަށް ފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ 4 ޓީމަކަށް ސެމީން ޖާގަ ލިބޭއިރު، މި ބުރުގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. އެގޮތުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެންމެ ގިނައިން ޕޮއިންޓް ހޯދައިގެން 1 ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާފައި ވަނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުންނެވެ. އެޓީމް ވަނީ ޖުމްލަ 15 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކުލަބު ސެމީއިން ޖާގަހޯދީ ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހަމަކޮށްގެންނެވެ. އެޓީމް ބަލިވެފައިވަނީ މިސްކިތްމަގު ޓީމުއަތުން އެކަންޏެވެ.

ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް ހަމަކޮށްގެން 3 ވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާފައިވަނީ ފްރެންޑްސް ކްލަބް ފުނާޑުންނެވެ. ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދީ ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ 5 ވަނައަށް ގޮސްފައިވަނީ ފޭދޫ ޔޫތް ކޮމިއުނިޓީއެވެ. އެޓީމު ކުޅުނު 5 މެޗުން މޮޅު ވެފައިވަނީ އެންމެ މެޗަކުންނެވެ. އެގޮތުން އެޓިމަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. ތާވަލުގެ އެންމެ ފުލަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވި ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާއެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ފުރަތަމަ ސެމީގައި ކުޅޭނީ އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ދެޓީމެވެ. އެހެންކަމުން މި ނަތީޖާ އާއި އެކު ފުރަތަމަ ސެމީގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ޕޮލިސް ކުލަބެވެ. ދެވަނަ ސެމީގައި ކުޅޭނީ 3 ވަނައަށް އެންމެ ގިނައިން ޕޮއިންޓް ހޯދާފައިވާ ޓީމާއި 4 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ޓީމެވެ. އެހެންކަމުން މި ނަތީޖާއާ އެކު ދެވަމަ ސެމީގައި ބައްދަލުކުރާނީ ފްރެންޑްސް ކްލަބް ފުނާޑް އަދި ދަ ފޭދޫ ސްޕޯޓްސް އެވެ.

ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބޭއިރު ބަލިވާ ޓީމެއް ޖެހޭނީ ދެވަނަ ސެމީ އިން މޮޅުވާ ޓީމަކާއި ދެކޮޅަށް 3 ވަނަ ސެމީގައި ކުޅޭށެވެ. އެހެންކަމުން ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓިމަކަށެވެ.

މުބާރާތުގެ ޝެޑިއުލް ރޭވިފައިވާ ގޮތުން ފުރަތަމަ ކުޅޭނީ ސެވަނަ ސެމީގެ މެޗެވެ. އެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ހަވީރުއެވެ. ފުރަތަމަ ސެމި ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުގެ ރޭގަނޑުއެވެ. މި ދެ ސެމީއިން ނިކުންނަ ނަތީޖާ އަކާއިއެކު 3 ވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް